ސްޓެލްކޯއިން ޙައްޖާއި ޢުމްރާއަށް މިފަހަރު ފުރުޞަތުދޭ މީހުން ހޮވައިފި

އުސްތާޛް މުޙައްމަދު ޢަލީ | 9 ގަޑިއިރު ކުރިން - 10:46
ސްޓެލްކޯއިން 1446 ވަނަ އަހަރު ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރަން ދިއުމުގެ ފުރުސަތު ލިބޭ މުވައްޒަފުން ހޮވުން / ފޮޓޯ: ސްޓެލްކޯ
ސްޓެލްކޯއިން 1446 ވަނަ އަހަރު ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރަން ދިއުމުގެ ފުރުސަތު ލިބޭ މުވައްޒަފުން ހޮވުން / ފޮޓޯ: ސްޓެލްކޯ
ޚުލާސާ

ސްޓެލްކޯއިން ޙައްޖުގެ އަޅުކަމަށް ފުރުސަތު ދެނީ އެކުންފުނީގައި މަދުވެގެން 15 އަހަރު، އަދި ޢުމްރާގެ އަޅުކަމަށް ފުރުސަތުދެނީ މަދުވެގެން 5 އަހަރު ހިދުމަތްކޮށްފައިވާ މުވައްޒަފުންނަށް.

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން 1446 ވަނަ އަހަރުގެ ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބޭ މުވައްޒަފުން ގުރުއަތުލައިގެން ހޮވައިފިއެވެ.

ސްޓެލްކޯއިން ބުނެފައިވާ ގޮތުގައި، މި އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް 102 މުވައްޒަފުން ކުރިމަތިލި އިރު، ޝަރުތު ފުރިހަމަވެފައިވަނީ 84 މުވައްޒަފެއްގެއެވެ. އަދި ޢުމްރާގެ އަޅުކަމަށް 218 މުވައްޒަފުން ކުރިމަތިލި އިރު، ޝަރުތު ހަމަވެފައިވަނީ 215 މުވައްޒަފެއްގެއެވެ.

ޙައްޖުގެ އަޅުކަން އަދާކުރުމަށް ހޮވިފައިވަނީ:

1. އަހުމަދު ވަހީދު (ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓް)

2. ހަސަން ޒަރީރު (ކ. ކާށިދޫ އިންޖީނުގެ)

3. އާމިނަތު ޖަލީލާ (ޕްރޮކިއުމަންޓް ޑިޕާޓްމަންޓް)


ޢުމްރާގެ އަޅުކަން އަދާކުރުމަށް ހޮވިފައިވަނީ:

1. ބުންޔާމީން މުހައްމަދު ނަސީރު (ވިލިނގިލި އަވަށު އިންޖީނުގެ)

2. އަހުމަދު މުސްތަފާ (ވިލިނގިލި އަވަށު އިންޖީނުގެ)

3. ޝިފްރާ އިލްހާމް (ހިއުމަން ރިސޯސަސް އެންޑް ޓްރެއިނިންގ ޑިޕާޓްމަންޓް)

ސްޓެލްކޯއިން ޙައްޖުގެ އަޅުކަމަށް ފުރުސަތު ދެނީ 15 އަހަރަށްވުރެ ގިނަ ދުވަހު އެ ކުންފުނީގައި ޚިދުމަތް ކޮށްފައިވާ މުވައްޒަފުންނަށެވެ. ޢުމްރާގެ އަޅުކަމަށް 5 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްފައިވާ މުވައްޒަފުންނަށެވެ. މިއީ އެކުންފުނިން މުވައްޒަފުންނަށް ދޭ ޚާއްޞަ އިނާޔަތެއްގެ ގޮތުގައި ކޮންމެ އަހަރަކު ދެމުން އަންނަ ފުރުސަތެކެވެ.

އެ ކުންފުނިން ފާހަގަކޮށްފައިވާ ގޮތުގައި، މިދިޔަ އަހަރު ވަނީ މި ޕޮލިސީއަށް ބަދަލު ގެނެސް، ޙައްޖާއި ޢުމްރާގެ އަޅުކަމަށް ދެ ފިރިހެން އަދި އެއް އަންހެން މުވައްޒަފު ހޮވުމަށް ނިންމާފައެވެ. މި ބަދަލާއެކު، މުވައްޒަފުންނަށް މި ފުރުސަތު ލިބުމުގެ ޖާގަ އިތުރުވެގެން ގޮސްފައިވާ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%