މާރާމާރީ އިތުރުވުމާއި ގުޅިގެން އަލްބޭނިއާއިން ޓިކްޓޮކް މަނާކޮށްފި

ހުސައިން އިސްމާއިލް | 16 ދުވަސް ކުރިން - 10:06
އަލްބޭނިއާގައި ޓިކްޓޮކް މަނާކޮށްފި.
އަލްބޭނިއާގައި ޓިކްޓޮކް މަނާކޮށްފި.
ޚުލާސާ

އަލްބޭނިއާގައި ޓިކްޓޮކް މަނާކުރީ އުމުރުން 14 އަހަރުގެ ދަރިވަރަކަށް ވަޅިން ހަމަލާދީ މަރުވެފައިވާ މައްސަލައާއި ގުޅިގެން.

ޒުވާނުންގެ މެދުގައި މާރާމާރީތައް އިތުރުވަމުން ދިއުމާއި ގުޅިގެން އަލްބޭނިއާ ސަރުކާރުން އެ ޤައުމުގައި ޓިކްޓޮކް ބޭނުންކުރުން މަނާކޮށްފިއެވެ.

އެންމެ ބޮޑު ސަބަބަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސޯޝަލް މީޑިއާގައި އުފެދުނު މައްސަލައަކާ ގުޅިގެން އުމުރުން 14 އަހަރުގެ ދަރިވަރަކަށް ވަޅިން ހަމަލާދީ މަރުވެފައިވާތީއެވެ.

އެ ޤައުމުގެ ބޮޑުވަޒީރު އެޑީ ރާމާ ފާހަގަކުރެއްވި ގޮތުގައި މިއީ ގެއްލުން ހުރި އޮންލައިން ކޮންޓެންޓުން ޒުވާނުން ރައްކާތެރި ކުރުމުގެ މަގުސަދުގައި ބެލެނިވެރިންނާއި ތައުލީމީ ދާއިރާގެ ފަރާތްތަކާއި އެކު މަޝްވަރާ ކުރުމަށްފަހު އެޅި ފިޔަވަޅެކެވެ.

އަލްބޭނިއާގެ ނެޝަނަލް އޮތޯރިޓީ ފޮރ ސައިބަރ ސެކިއުރިޓީ (އޭކޭއެސްކޭ) އިން ވަނީ އެ ޤައުމުގެ ހުރިހާ އިންޓަނެޓް ޕްރޮވައިޑަރުންނަށް ޓިކްޓޮކް ބަންދުކުރުމަށް އިއްޔެއިން ފެށިގެން އަންގާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%