އެފްއޭއެމްގެ ކޮންގްރެސް މާދަމާރޭ

އުސްތާޛް މުޙައްމަދު ޢަލީ | 10 ގަޑިއިރު ކުރިން - 09:42
އެފްއޭއެމް އޮފީސް: މާދަމާރޭ އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އޮވޭ.
އެފްއޭއެމް އޮފީސް: މާދަމާރޭ އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އޮވޭ.
ޚުލާސާ

އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީން މާޗް 15 ގައި ކޮންގްރެސްއެއް ބޭއްވުމަށް ނިންމައިފި. މި ކޮންގްރެސްގައި އޯޑިޓަރެއް އައްޔަންކުރުމާއި ބައެއް ކޮމިޓީތައް އެކުލަވާލުމަށް ވޯޓުލާނެ.

މޯލްޑިވްސް ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) ގެ ނޯމަލައިޒޭޝަން ކޮމިޓީން އަންނަ ހޮނިހިރު ދުވަހު ކޮންގްރެސްއެއް ބޭއްވުމަށް ނިންމައިފިއެވެ. މި ކޮންގްރެސްގައި އޮޑިޓަރެއް އައްޔަންކުރުމާއި ބައެއް ކޮމިޓީތައް އެކުލަވާލުމަށް ވޯޓުލާނެ ކަމަށް ކޮމިޓީން މަޢުލޫމާތު ދީފައިވެއެވެ.

އެފްއޭއެމްގެ އަސާސީ ގަވާއިދުގައިވާ ގޮތުން، ކޮންގްރެސްގައި ވޯޓުލުމުގެ ހައްގު ލިބެނީ 18 ކްލަބަށާއި، 9 ޒޯނަށާއި، 8 އިންޓަރެސްޓް ގްރޫޕަށެވެ. ކޮންގްރެސްގައި ޖުމްލަ 44 ވޯޓު އޮންނާނެއެވެ.

ކޮންގްރެސް އޮބްޒާވްކުރުމަށް ފީފާ އަދި އޭއެފްސީގެ މަންދޫބުން ވަޑައިގަންނަވާނެ ކަމަށް އެފްއޭއެމްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ޝުޖާޢު ވިދާޅުވެފައިވެއެވެ.

މާދަމާރޭ ބާއްވާ އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ފީފާގެ އިސް މަންދޫބެއްގެ ގޮތުގައި ހަރަކާތްތެރި ވަނީ ފީފާގެ މެންބަރު އެސޯސިއޭޝަން ޑިޕާޓްމެންޓްގެ ސީނިއާ ގަވަނެންސް މެނޭޖަރު އަހްމަދު ހައްރާޒު އެވެ.

މި ފަހަރުގެ ކޮންގްރެސްއަކީ، އެފްއޭއެމްގެ ހިންގުން ނޯމަލައިޒޭޝަން ކޮމީޓިއަކާ ހަވާލު ކުރި ފަހުން އެ ކޮމިޓީގެ ބެލުމުގެ ދަށުން ބާއްވާ ފުރަތަމަ ކޮންގްރެސް އެވެ.

ކޮންގްރެސްގެ އެޖެންޑާގައި ވަނީ ފިޔަވަޅު އަޅާ ކޮމިޓީ އާއި އިސްތިއުނާފް ކޮމިޓީ އަދި އެތިކްސް ކޮމިޓީ ހޮވަން ހިމަނައިފަ އެވެ. ދެން އެޖެންޑާގައި އޮތީ މިދިޔަ ދެ އަހަރުގެ އެފްއޭއެމްގެ މުއާމަލާތްތައް އޮޑިޓް ކުރާނެ އޮޑިޓް ފާމެއް ކަނޑައެޅުމެވެ.

ކޮންގްރެސްގެ ރިޔާސަތު ބަލަހައްޓަވާނީ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއަރޕާސަން ކަމަށް މިފަހުން އައްޔަން ކުރެވުނު އަލްއުސްތާޛު އަޙްމަދު މުޢިއްޒު އެވެ.

ނޯމަލައިޒޭޝަން ކޮމިޓީން އުންމީދުކުރަނީ މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އެފްއޭއެމް ނޯމަލައިޒްކުރެވޭނެ ކަމަށެވެ. މި ކޮމިޓީ އުފެއްދީ 7 މަސްދުވަސް ކުރިން، އެފްއޭއެމްގެ ކަންކަން އިސްލާހުކުރުމަށް ފީފާއިންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%