އާއިލީ މައްސަލައެއްގައި ފިރިހެނަކު އަމިއްލައަށް ކަރުގައި ވަޅި އަޅައިފި

އާނާ ފަހީމް | 2 ގަޑިއިރު ކުރިން - 17:21
ބ. ދަރަވަންދޫ.
ބ. ދަރަވަންދޫ.
ޚުލާސާ

މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 1:52 ހާއިރު ބ. ދަރަވަންދޫގައި. އޭނާ މިހާރު ވަނީ ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލާފައި.

ބ. ދަރަވަންދޫގައި ހިނގި އާއިލީ ހަމަނުޖެހުމެއްގައި 39 އަހަރުގެ ފިރިހެނަކު އަމިއްލައަށް ކަރުގައި ވަޅިއަޅައިފިއެވެ.

ފުލުހުން މަޢުލޫމާތު ދިން ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 1:52 ހާއިރުއެވެ. މި ހާދިސާ އަކީ ދެ މަފިރިންގެ މެދުގައި ހިނގި ހަމަނުޖެހުމެއް ކަމުގައި ފުލުހުން ވިދާޅުވިއެވެ.

ޒަޚަމްވި ފިރިހެން މީހާ ފަރުވާއަށް ދަރަވަންދޫ ހޮސްޕިޓަލަށް ގެންދިޔުމަށްފަހު އިތުރު ފަރުވާއަށް އޭނާ ވަނީ ރޭ ފަތިހުގެ ވަގުތެއްގައި އޭދަފުށި ހޮސްޕިޓަލަށް ގެންގޮސްފައެވެ. އިތުރު ފަރުވާއަށް ފަހު އޭނާ މިހާރު ވަނީ ދޫކޮށްލާފައެވެ. އެ ފިރިހެން މީހާއަށް ފަރުވާ ދީފައިވަނީ "ކަޓް އިންޖަރީ" އަކަށް ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވެއެވެ.

ފުލުހުންގެ އިދާރާއިން ބުނެފައިވަނީ މި މައްސަލަ ތަހުޤީޤް ކުރަމުންދާ ކަމަށާއި ތަޙްޤީޤު ނިމުމުން އިތުރު މަޢުލޫމާތު ހާމަކުރާނެ ކަމަށެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%