މާލޭގެ ގެސްޓް ހައުސްއެއްގެ ވައިގޮޅިއެއް ތެރޭގައި މީހަކު ވެއްޓިފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 2:55 ހާއިރުއެވެ. ފުލުހުން ވިދާޅުވި ގޮތުގައި މި ހާދިސާގެ ރިޕޯޓު ލިބުމާއެކު ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް، ވެއްޓިފައި އޮތް މީހާ ފަރުވާ ދިނުމަށްޓަކައި ހޮސްޕިޓަލަށް ގެންގޮސްފައެވެ. ނަމަވެސް، އެ މީހާގެ ސިއްހީ ހާލަތާއި ވަނަވަރާ ގުޅޭ މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފުވެފައި ނުވާ ކަމަށް ފުލުހުން ބުނެފައިނުވާއިރު މި މައްސަލައާ ގުޅޭ އިތުރު ތަފްސީލު ހޯދުމަށް އެ މުއައްސަސަާއިން ދަނީ މަސައްކަތް ކުރަމުންނެވެ.