ޓްރަމްޕް ޖެހޭނީ ހަމަބިމަށް ތިރިވާން - އީރާން

ޖަވާދު | 1 ދުވަސް ކުރިން - 17:08
އީރާނުގެ ރައީސް ޑރ. މަސްއޫދު ބަޒެޝްކިޔާން: އޭނާ ވިދާޅުވީ އެމެރިކާ ހަމަބިމަށް އަންނަން ޖެހޭނެ ކަމަށް.
އީރާނުގެ ރައީސް ޑރ. މަސްއޫދު ބަޒެޝްކިޔާން: އޭނާ ވިދާޅުވީ އެމެރިކާ ހަމަބިމަށް އަންނަން ޖެހޭނެ ކަމަށް.
ޚުލާސާ

ޓްރަމްޕް ވިދާޅުވީ އީރާނަށް އޮތީ ނިއުކްލިއާ ޑީލެއް ހެދުން ނުވަތަ އަސްކަރީ ގޮތުން ކުރިމަތިލުން ކަމަށް. އީރާނުން ބުނީ ޓްރަމްޕް ހަމަބިމަށް ތިރިވުމަށާއި ކުރިމަތިލާން ފަހެއް ނުޖެހޭކަމަށް.

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި އިންޒާރަށް އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުالله އަލީ ޚާމަނާއީ އާއި އީރާނުގެ ރައީސް ޑރ. މަސްއޫދު ބަޒެޝްކިޔާން ވަރަށް ވަރުގަދަ އިންޒާރެއް ދެއްވައި ބުލީ ކޮށްފިއެވެ،

ރައީސް ޓްރަމްޕް ވަނީ އީރާނުގެ ކުރިއަރަމުން އަންނަ ނިއުކްލިއާ ޕްރޮގްރާމް އަށް ހައްލެއް ހޯދުމަށް މަޝްވަރާ ކުރުމަށް ބޭނުންފުޅުވާ ކަމަށް ވިދާޅުވެ އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުالله އަލީ ޚާމަނާއީއަށް ސިޓީއެއް ފޮނުއްވިކަން އާންމުކޮށް އިއުތިރާފުވެވަޑައިގެންފަ އެވެ. ޓްރަމްޕް ވިދާޅުވީ އަސްކަރީ ފިޔަވަޅަކަށް ވުރެ ޑިޕްލޮމެޓިކް ގަރާރަކަށް އިސްކަން ދެއްވާ ކަމަށެވެ.

ނަމަވެސް އީރާނުން ވަނީ އެމެރިކާއާއެކު މަޝްވަރާތައް ކުރުމަށް ތަކުރާރުކޮށް ދެކޮޅު ހަދައިފަ އެވެ. ސުޕްރީމް ލީޑަރު ޚާމަނާއީ ވަނީ ޓްރަމްޕާއެކު މަޝްވަރާ ކުރަން ބޭނުން ނުވާ ކަމަށާއި، ފުރަތަމަ ކަމަކަށް ޓްރަމްޕް “ހަމަބިމަށް ތިރިވާންޖެހޭ ކަމަށް” ވިދާޅުވެ ބުލީ ކުރައްވާފައެވެ.

ހަމައެފަދައިން އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވެސް މިކަން ތަކުރާރު ކުރައްވައި، އީރާނުން އިންޒާރުތަކެއްގެ ދަށުން މަޝްވަރާ ނުކުރާނެ ކަމަށް ވިދާޅުވެ، ޓްރަމްޕަށް އިންޒާރު ދެއްވިއެވެ.

ހުކުރު ދުވަހު ޓްރަމްޕް ހާމަކުރެއްވި ގޮތުގައި އީރާނުގެ ލީޑަރުންނަށް ނިއުކްލިއާ ހަތިޔާރު ބޭނުންކުރުން ހުއްޓާލުމަށް އިލްތިމާސްކޮށް ސުލްހަވެރި މަޝްވަރާތަކަކީ އީރާނުގެ މަސްލަހަތަށް ފައިދާވާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.

އީރާނުން އެކަމަށް އަމަލު ނުކުރާނަމަ އަސްކަރީ ފިޔަވަޅު އެޅުމަކީ އަދިވެސް އޮޕްޝަނެއް ކަމަށް ޓްރަމްޕް ފާހަގަކުރައްވައި، ވިދާޅުވީ އީރާނަށް އޮތީ ދެ އޮޕްޝަނެކެވެ. އެއީ އަސްކަރީ ގޮތުން ކުރިމަތިލުން، ނުވަތަ ޑީލެއް ހެދުމެވެ.

މިކަމަށް ރައްދު ދެއްވައި އީރާނުން ބުނީ އެމެރިކާ އާއެކު ކުރިމަތިލުމަކަށް ދާން ފަހެއް ނުޖެހޭ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%