ސީއެސްސީގެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

އަހްމަދު އީޒާން | 6 ގަޑިއިރު ކުރިން - 17:17
ސީއެސްސީގެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލުން.
ސީއެސްސީގެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލުން.
ޚުލާސާ

ރައީސް އޮފީހުން ބުނީ ސީއެސްސީގައި މިހާރު ތިއްބެވި މެމްބަރުންގެ ތެރެއިން މެމްބަރަކު އިސްތިއުފާ ދެއްވާފައި ވާތީ، އެ ކޮމިޝަނަށް މެމްބަރަކު އައްޔަންކުރަން ފުރުސަތު ހުޅުވާލާފައިވާ ކަމަށް.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން ބުނީ ސީއެސްސީގައި މިހާރު ތިއްބެވި މެމްބަރުންގެ ތެރެއިން މެމްބަރަކު އިސްތިއުފާ ދެއްވާފައި ވާތީ، އެ ކޮމިޝަނަށް މެމްބަރަކު އައްޔަންކުރުމަށް މެމްބަރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 19 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

އެ ކޮމިޝަނުގެ މެމްބަރު ކަމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 19 ވަނަ ދުވަހުގެ ހެނދުނު 9:30 އިން މެންދުރު 13:00 އަށް ރައީސްގެ އޮފީހުން ކަމަށް ވެސް ބުންޏެވެ.

ސީއެސްސީގެ މެމްބަރަކު މަދުވީ އެ ކޮމިޝަންގެ ނައިބު ރައީސަކަށް ހުންނެވި އިބްރާހިމް ރަޝީދުގެ އިއްޔެ އިސްތިއުފާ ދެއްވުމުންނެވެ.

އިބްރާހިމް ރަޝީދު އިސްތިއުފާ ދެއްވީ އޭނާއާއި ގުޅޭ މައްސަލަތަކެއް ބަލައި, އޭނާ މަގާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފަށާފައި ވަނިކޮށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%