ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވީ ނިހާޔަތު އެކަނި

އާނާ ފަހީމް | 4 ގަޑިއިރު ކުރިން - 23:07
މަރިޔަމް ނިހާޔަތު. / ފޮޓޯ: ދަ އެޑިޝަން
މަރިޔަމް ނިހާޔަތު. / ފޮޓޯ: ދަ އެޑިޝަން
ޚުލާސާ

ނިހާޔަތަކީ މީގެ ކުރިން ސިވިލް ކޯޓުގެ ޤާޟީކަމާއި ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމު އަދާކުރައްވާފައިވާ ބޭފުޅެއް.

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަޤާމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް މަރްޔަމް ނިހާޔަތު ކުރިމަތިލައްވައިފިއެވެ.

މިއަދު ހެނދުނު 11:00 އަށް ސުންގަޑި ހަމަވިއިރު މި މަޤާމަށް ކުރިމަތިލެއްވީ ނިހާޔަތު އެކަންޏެވެ.

ހަތް ފަނޑިޔާރުން ތިއްބަވާ ސުޕްރީމް ކޯޓުގެ ބެންޗުން ފަނޑިޔާރެއްގެ މަޤާމު ހުސްވީ، ކޮރަޕްޝަންގެ މައްސަލަތަކެއް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފެށުމާ ގުޅިގެން ފަނޑިޔާރު ޙުސްނުއްސުޢޫދު އިސްތިއުފާ ދެއްވުމުންނެވެ.

ނިހާޔަތަކީ މީގެ ކުރިން ސިވިލް ކޯޓުގެ ޤާޟީކަމާއި ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލެއްވުމަށް ޢުމުރުން 30 އަހަރު ވެފައިވުމާއި، އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނުގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުމާއި، ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަމުގައި މަދުވެގެން 7 އަހަރުގެ ތަޖުރިބާ ލިބިފައިވުން ޝަރުޠުކުރެވިފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%