110,127 ގޭބިސީއަކަށް މަސްދަޅު ކޭސް ބަހައިފި

އަހްމަދު އީޒާން | 5 ގަޑިއިރު ކުރިން - 22:47
މިނިސްޓްރީން ބޭއްވި ހަފުލާގައި މިނިސްޓަރު އާދަމް ޝަރީފް ވާހަކަދައްކަވަނީ. / ފޮޓޯ: ޕަބްލިކް ވޯކްސް މިނިސްޓްރީ
މިނިސްޓްރީން ބޭއްވި ހަފުލާގައި މިނިސްޓަރު އާދަމް ޝަރީފް ވާހަކަދައްކަވަނީ. / ފޮޓޯ: ޕަބްލިކް ވޯކްސް މިނިސްޓްރީ
ޚުލާސާ

ރޯދަ ހަދިޔާއެއްގެ ގޮތުގައި މި އަހަރު ސަރުކާރުން ދޭ މަސްދަޅު ކޭސް އިއްޔެއާ ހަމައަށް، މާލޭގެ 49,416 ގޭބިސީއަކަށާއި އަދި އަތޮޅުތެރޭގެ 60,711 ގޭބިސީއަކަށް ދީފައިވޭ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ ވައުދުފުޅުގެ ދަށުން، ރާއްޖޭގެ 110,127 ގޭބިސީއަކަށް ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ބަހައިފިއެވެ.

ރޯދަ ހަދިޔާ ބެހުމުގައި ހަރަކާތްތެރިވި ޕަބްލިކް ވޯކްސް މިނިސްޓްރީގެ މުވައްޒަފުން ކުރެއްވި މަސައްކަތުގެ އަގުވަޒަންކުރުމަށް ރޭ އެ މިނިސްޓްރީގެ މާލޭ ޕަބްލިކް ވޯކްސް ޔުނިޓްގައި ބޭއްވި ހަފުލާގައި މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ރައީސްގެ ވައުދާ އެއްގޮތަށް ރާއްޖޭގެ ގާތްގަނޑަކަށް ހުރިހާ ގޭބިސީއަކަށް މަސްދަޅު ކޭސް ބަހައި މިހާރު ނިމިފައިވާ ކަމަށެެވެ.

މިނިސްޓަރު ވިދާޅުވީ ރޯދަ ހަދިޔާއެއްގެ ގޮތުގައި މި އަހަރު ސަރުކާރުން ދޭ މަސްދަޅު ކޭސް އިއްޔެއާ ހަމައަށް، މާލޭގެ 49,416 ގޭބިސީއަކަށާއި އަދި އަތޮޅުތެރޭގެ 60,711 ގޭބިސީއަކަށް ފޯރުކޮށްދީފައިވާ ކަމަށެވެ. އެހެންކަމުން މިހާތަނަށް މުޅި ޖުމްލަ 110,127 ގޭބިސީއަށް ރޯދަ ހަދިޔާ ފޯރުކޮށްދެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މާލެ ސަރަޙައްދުގައި ރޯދަ ހަދިޔާ ބެހުމުގެ ކަންކަން ކުރިއަށް ގެންދިޔައީ ސިޓީސް މިނިސްޓްރީން ކަމަށް ވިޔަސް، މި އިވެންޓް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދެވިފައި ވަނީ ސަރުކާރުގެ ކުންފުނިތަކާއި ސިފައިންނާއި ފުލުހުންގެ ހާއްސަ އެހީތެރިކަމާ އެކުގައި ކަމަށާއި އަތޮޅުތެރޭގައި ރޯދަ ހަދިޔާ ބެހުމުގައި ހަރަކާތްތެރިވީ ރަށްރަށުގެ ކައުންސިލްތަކުން ކަމަށް މިނިސްޓްރީން ބުންޏެވެ.

އެހެންވެ މިނިސްޓަރު އާދަމް ޝަރީފް ވަނީ އެ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

މިނިސްޓްރީން ބުނީ ސަރުކާރުން މި އަހަރު ރޯދަ ހަދިޔާގެ ގޮތުގައި ދޭ މަސްދަޅު ކޭސް ރާއްޖޭގެ ވަރަށް ގިނަ ހިސާބުތަކުގައި މިހާރު ވަނީ ބަހައި ނިމިފައި ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%