އަނަސް މަރާލިކަން ސާބިތު ނުވާތީ ތުހުމަތުވާ މީހުން ބަންދު ނުކުރަން ނިންމައިފި

ހުސައިން އިސްމާއިލް | 21 ގަޑިއިރު ކުރިން - 16:17
އަނަސް މަރާލުމުގައި ބައިވެރިވި ކަމަށް ދައުލަތުން ތުހުމަތުކުރާ މީހުން މީގެ ކުރީގެ އަޑުއެހުމެއްގައި: އެމީހުން ބަންދުކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ހައިކޯޓުން ވަނީ ޙުކުމް ކޮށްފަ.
އަނަސް މަރާލުމުގައި ބައިވެރިވި ކަމަށް ދައުލަތުން ތުހުމަތުކުރާ މީހުން މީގެ ކުރީގެ އަޑުއެހުމެއްގައި: އެމީހުން ބަންދުކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ހައިކޯޓުން ވަނީ ޙުކުމް ކޮށްފަ.
ޚުލާސާ

ކްރިމިނަލް ކޯޓުން ހުކުމްކުރީ އަނަސް މަރައިލިކަން އެމީހުންގެ މައްޗަށް ސާބިތުނުވާ ކަމަށް. ހައިކޯޓުގައި ދައުލަތުން އިސްތިއުނާފުކުރީ ޝަރީއަތް ނިމެންދެން ބަންދުކުރަން.

ލިޓަސް ސާވިސް ސެންޓަރު ތެރޭގައި 31، 2017 ވަނަ ދުވަހުގެރޭ މަރައިލި ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ ރައްދުވާ މީހުން ބަންދު ނުކުރުމަށް ހައިކޯޓުން ނިންމައިފައެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވަނީ ލ. ގަން ނަންނާރިގެ، ޖުނައިހު އަބްދުﷲ އާއި ސ. ފޭދޫ ވެސްޓަންވިލާ، ހަސަން މަހްފޫޒާއި ދަފްތަރު ނަމްބަރު 1746، ސިމާހު މޫސާއާއި ޅ. ކުރެންދޫ އަސަރުމާގެ، އަހުމަދު ޒަޔާނާއި މ. ދިމިޝްގު، އުސްމާން ޝަރީފާއި މ. ލޮނުމިދިލިގެ އަފްރާހު އަބްދުއްރައްޒާގާއި ތ. ކިނބިދޫ ގުލްފާމްގެ، މުހައްމަދު ސާޒްގެ މައްޗަށެވެ.

އަނަސް އަށް ތޫނު އެއްޗަކުން ހަމަލާދިން ކަމަށް ބުނެ އަހުމަދު ޒަޔާން، އަފްރާހް، އަދި އުސްމާންގެ މައްޗަށް ދައުލަތުން ވަނީ ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ އުފުލާފަ އެވެ. ސާޒް، ޖުނައިހް، މަހުފޫޒް، އަދި ސިމާހުގެ މައްޗަށް ވެސް ވަނީ ހަމަލާދިން މީހުންނާ އެކު ސައިކަލުގައި ތިބި ކަމަށް ބުނެ މަރުގެ މައްސަލައިގައި ބައިވެރިވި ކަމަށް ބުނެ ދައުވާ އުފުލާފަ އެވެ.

އަނަސް މަރާލިތާ ހަތް އަހަރު ފަހުން ކްރިމިނަލް ކޯޓުން ވަނީ އެ ހަތް މީހުން އެކަމުގައި ޝާމިލުވާ ކަމަށް ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށް ބުނެ، އެމީހުން ދޫކޮށްލުމަށް ހުކުމް ކޮށްފައެވެ.

ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށް، ޝަރީއަތް ނިމެންދެން ދައުވާ ލިބޭ މީހުން ބަންދުގައި ބެހެއްޓުމަށް އެދިފައިވެއެވެ. ނަމަވެސް ހައިކޯޓުން ހުކުމްކުރީ އެމީހުން ހައްޔަރު ކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ. އެ ތުހުމަތުތަކަށް ތާއީދުކޮށް، ދައުވާ ލިބޭ މީހާގެ ބައިވެރިވުން ކަށަވަރުކޮށްދިނުމަށް ދައުލަތުން އެކަށީގެންވާ ހެކި ފޯރުކޮށްދީފައި ނުވާކަން ކޯޓުން ވަނީ އަލިއަޅުވާލާފައެވެ. އަދި ފުލުހުން ހުށަހެޅި ކޯލް ރެކޯޑިންގްސް، އިންޓެލިޖެންސް، އަދި އިންވެސްޓިގޭޝަން ރިޕޯޓްތަކަށް ބަރުދަން ދެވެން ނެތްކަން ފާހަގަކޮށްފައި ވަނީ، އެއީ ފުލުހުން އަމިއްލައަށް ތައްޔާރުކުރާ ރިޕޯޓުތަކަކަށް ވާތީއެވެ.

އެހެންކަމުން، ހައިކޯޓުން ވަނީ ދައުވާ ލިބޭ މީހުން ބަންދުގައި ބެހެއްޓުމުގެ ބޭނުމެއް ނެތް ކަމަށް ބުނެ ދޫކޮށްލުމަށް އަމުރުކޮށްފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

3 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%