ފެން ހިންދުމަށްޓަކައި މާލޭގެ 3 ސަހަރައްދެއްގައި ޕަމްޕުތައް ބަހައްޓައިފި

އައިޝަތު އީމާން | 18 ގަޑިއިރު ކުރިން - 20:12
މިވަގުތު މާލޭގައި ވަނީ 6 ޕަމްޕު ބަހައްޓާފައި. / ފޮޓޯ: ޚުލާސާ
މިވަގުތު މާލޭގައި ވަނީ 6 ޕަމްޕު ބަހައްޓާފައި. / ފޮޓޯ: ޚުލާސާ
ޚުލާސާ

އެމްއެންޑީއެފް އިން ބުނި ގޮތުގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެން ހިންދުމަށް މާލޭގެ 3 ސަރަހައްދެއްގައި 6 ޕަމްފު ބަހައްޓައިފައިވޭ.

މިހާރު ރާއްޖޭގެ އެކި ސަރަަހައްދުތަކަށް ކުރާ ބޯ ވިއްސާރައިގައި ވެރިރަށް މާލޭގައި ފެންބޮޑުވެފައިވާތީ ފެން ހިންދުމަށްޓަކައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުން މަގުތަކަށް ނިކުމެއްޖެ އެވެ.

އެމްއެންޑީއެފް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގައި ފެންހިންދުމަށް ފަޔަރ އެންޑް ރެސްކިއު ޓީމުން މިވަގުތު ދަނީ ހަރަކާތްތެރިވަމުން ކަމަށާއި ފެން ހިންދުމަށްޓަކައި މާލޭގެ ތިން ސަރަހައްދެއްގައި 6 ޕަންޕު ބަހައްޓައިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފެން ހިއްކުމުގެ މަސައްކަތް ކުރަމުންގެންދާ ސަރަހައްދު ތަކުގެ ތެރޭގައި އައިޖީއެމްއެޗް ސަރަހައްދު، ވެސްޓްޕާރކް ސަރަހައްދު އަދި މާފަންނު ފެރީ ޓާރމިނަލް ހިމެނެއެވެ. ޢާންމުން ދިރިއުޅޭ ގެތަކަށާއި އެހެނިހެން އިމާރާތްތަކަށް ފެންވަދެ ލިބިދާނެ ގެއްލުމަކުން ރައްކާތެރި ކޮށްދިނުމަށްޓަކައި ވެލިބަސްތާ ޖެހުމުގައި ވެސް ސިފައިން ހަރަކާތްތެރި ވަމުންދާކަން ފާހަގަކުރެވެއެވެ.

ރ އަތޮޅުން ފެށިގެން އދ އަތޮޅާއި ހަމަޔަށް މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވާއިރު ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް އެ އޮފީހުން ލަފާ ކުރެއެވެ. އަދި މެދުރާއްޖެތެރެއަށާއި އުތުރުގެ ބައެއް އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް އެ އޮފީހުން ލަފާކުރެއެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%