ސީއެސްސީން އިބްރާހީމް ރަޝީދު އިސްތިއުފާދެއްވީ މަޤާމުން ވަކިކުރަން އުޅޭތީ!

ހުސައިން އިސްމާއިލް | 21 ގަޑިއިރު ކުރިން - 17:01
ސީއެސްސީގެ ނައިބު ރައީސްގެ މަޤާމުގަ ހުންނެވި އިބްރާހީމް ރަޝީދު: އޭނާއަށް ކުރާ ތުހުމަތުތަކުގެ ސަބަބުން ވަޒިފާއިން ކަނޑާލުމުގެ ކުރިން އަމިއްލަޔަށް ވަނީމއިސްތިއުފާ ދެއްވާފަ.
ސީއެސްސީގެ ނައިބު ރައީސްގެ މަޤާމުގަ ހުންނެވި އިބްރާހީމް ރަޝީދު: އޭނާއަށް ކުރާ ތުހުމަތުތަކުގެ ސަބަބުން ވަޒިފާއިން ކަނޑާލުމުގެ ކުރިން އަމިއްލަޔަށް ވަނީމއިސްތިއުފާ ދެއްވާފަ.
ޚުލާސާ

އޭނާ މަޤާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ފަށާފަ. މައްސަލަ އޮތީ މަޖިލީހުގެ ތަޅުމަށް ވެސް ފޮނުވާފަ.

ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ގެ ނައިބު ރައީސް އިބްރާހީމް ރަޝީދު އެ މަޤާމުން ވަކިކުރައްވަން އުޅުއްވާތީވެ އިސްތިއުފާ ދެއްވައިފިއެވެ.

އޭނާ މަޤާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފަށައި، އޭނާ މަޤާމުން ވަކިކުރުމަށްޓަކައި އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ވެސް ވަނީ ފޮނުވާފައެވެ.

އޭނާއަށް ކުރާ ތުހުމަތުގެ ތެރޭގައި ރެކްރޫމަންޓުގައި ހުރި ބައެއް މައްސަލަތަކާއި ގުޅިގެން ސީއެސްސީގެ ބައެއް މުވައްޒަފުންގެ ޝަކުވާ އާއި، އިދިކޮޅު އެމްޑީޕީގެ ބޮޑުންނާއި މެންބަރުންނާއި މާ ގާތްގުޅުމެއް ބޭއްވުން ވެސް ހިމެނެ އެވެ.

އިބްރާހީމް ރަޝީދު ސީއެސްސީއަށް އައްޔަންކުރީ 2020 ވަނަ އަހަރުގައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%