500 އެއްހާ މީހުންތިބި ޕާކިސްތާން ރޭލެއް ހައިޖެކްކޮށްފި، ހަ މީހަކު މަރާލައިފި

އުސްތާޛް މުޙައްމަދު ޢަލީ | 21 ގަޑިއިރު ކުރިން - 17:17
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ޚުލާސާ

ޕަކިސްތާނުގެ ޕެޝާވަރަށް ދަތުރުކުރަމުންދިޔަ ރޭލުގައި ގާތްގަނޑަކަށް 450 ވަރަކަށް މީހުން އެބަތިބި. ސަރުކާރުން އޮޕަރޭޝަނެއް ފަށައިފިނަމަ ރަހީނުން މަރާލާނެ ކަމަށް ހަތިޔާރުއެޅި މީހުން ދަނީ އިންޒާރު ދެމުން.

ޕާކިސްތާނުގެ ހުޅަނގު ދެކުނު ބަލޫޗިސްތާން ޕްރޮވިންސްގައި ބަލޫޗް ލިބަރޭޝަން އާމީ (ބީއެލްއޭ) ގެ ހަނގުރާމަވެރިން ޖައްފާރު އެކްސްޕްރެސް ޕެސެންޖަރު ރޭލު ހައިޖެކްކޮށް، ހަ މީހުން މަރާލައި 100 އަށް ވުރެ ގިނަ މީހުން ރަހީނުކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ގާތްގަނޑަކަށް 500 ފަސިންޖަރުންނާއެކު ދަތުރުކުރި ރޭލު ޕެޝަވާރަށް ދަތުރުކުރަމުން ދަނިކޮށެވެ. އެމީހުން ބަޑިޖަހައި ޑްރައިވަރު ޒަޚަމް ކޮށްލާފައިވާއިރު، ރޭލުގައި ތިބި ސެކިއުރިޓީންނާއި ދެމެދު ބަޑީގެ ޙަމަލާތައް ވެސް ބަދަލުކޮށްފައި ވެއެވެ.

ހަނގުރާމަވެރި ބީއެލްއޭ ނަމަކަށްކިޔާ ޖަމާޢަތަކުން ވަނީ ޒިންމާ ނަގައި، ރޭލު ރޭލުގެ ކޮންޓްރޯލް އަތުލައިގަނެ، ހުރިހާ ފަސިންޖަރުން ރަހީނުކޮށްފައިވާ ކަމަށް ބުނެފައެވެ.

އެމީހުން އިންޒާރު ދެނީ، އެމީހުންނާއި ދެކޮޅަށް އަސްކަރީ އޮޕަރޭޝަންތައް ފެށިއްޖެ ނަމަ ރަހީނުން މަރާލާނެ ކަމަށެވެ.

ޕާކިސްތާނުގެ ސަރުކާރުގެ ރިއިންފޯސްމަންޓާއި އެމްބިއުލާންސްތައް އެ ސަރަހައްދަށް ފޮނުވާފައިވާއިރު، އޮޕަރޭޝަނަށް ގޮންޖެހުންތަކެއް ކުރިމަތިވާނެ އެވެ.

ބަލޫޗިސްތާނުގައި ވަކި ވެރިކަމެއް ޤާއިމް ކުރުމަށް މަސައްކަތްކުރާ ވަކިވެގަންނަ ޖަމާއަތެއް ކަމަށްވާ ބީއެލްއޭ އަކީ އެ ސަރަހައްދުގެ ސަލާމަތީ ބާރުތަކަށާއި ޢިމާރާތްތަކަށް އަމާޒުކޮށްގެން ދޭތެރެދޭތެރެއިން ޙަމަލާދޭ ޖަމާއަތެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

2 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%