ނަރީޝް މާލެ ސިޓީ ކައުންސިލުން އިސްތިއުފާދީފި

ހުސައިން އިސްމާއިލް | 6 ގަޑިއިރު ކުރިން - 13:12
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ޚުލާސާ

އިސްތިއުފާދިނީ ކައުންސިލު މެންބަރުކަމާއި ޑެޕިއުޓީ މޭޔަރުގެ މަގާމުން.

\ ސިޓީގެ ކައުންސިލު މެންބަރުކަމާއި ޑެޕިއުޓީ މޭޔަރުގެ މަގާމުން އަހުމަދު ނަރީޝް މިއަދު އިސްތިއުފާދީފި އެވެ.

ނަރީޝް އާއްމުކުރި ބަޔާނެއްގައި ވިދާޅުވީ ކައުންސިލުގެ މެންބަރުކަމަށް ހުންނެވިއިރު ބޭނުންވާ ނަތީއްޖާ ނެރެދިނުމަށްޓަކައި ސިޔާސީ ތަފާތު މީހުންނާއެކު ގުޅިގެން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އިސްތިއުފާ ދެއްވައިފި ކަމަށް ވިދާޅުވެ ނަރީޝް ޢާންމު ކުރެއްވި ސިޓީގައި އިސްތިއުފާ ދެއްވި ވަކި ސަބަބެއް ބަޔާންކޮށްފައެއް ނުވެ އެވެ. މި ސިޓީގައި 2021 ވަނަ އަހަރު އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އޭނާ މުޅިން އަލަށް ކުރިމަތިލި މި މަގާމަށް ހޮވައިދިން މާލޭގެ ރައްޔިތުންނަށާއި، ހޮވައިދިނުމަށް މަސައްކަތްކޮށްދެއްވި ޕީޕީއެމް ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުންނަށް ޝުކުރު ދަންނަވާފައިވެ އެވެ. އަދި އިތުބާރުކުރައްވައި ކައުންސިލުގެ ޑެޕިއުޓީ މޭޔަރުކަން ދެއްވަން ވޯޓު ދެއްވި ސިޓީ ކައުންސިލުގެ މެންބަރުންނަށް ޝުކުރު އަދާކުރައްވާފައި ވެއެވެ.

ނަރީޝްގެ ސިޓީގައި މާލޭގެ ކުރީގެ މޭޔަރު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވަރަށް ބޮޑަށް ތައުރީފްކޮށްފައިވެ އެވެ. މޭޔަރު ކަމުގައި ރައީސް މުއިއްޒު ހުންނެވިއިރު އެމަނިކުފާނުގެ ފަރާތުން ލިބުނު ފިލާވަޅުތަކަށް ނަރީޝް ވަނީ ޝުކުރު އަދާކޮށްފަ އެވެ.

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރަކަށް ނަރީޝް އިންތިހާބު ކޮށްފައިވަނީ ޖުލައި 21، 2021 ގަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%