ވެލިދޫއަށް ނަގޫރޯޅިއެއް އަރައި ތިން މީހަކަށް އަނިޔާވެއްޖެ

ހުސައިން އިސްމާއިލް | 1 ދުވަސް ކުރިން - 00:43
ވެލިދޫއށް އެރި ނަގޫރޯޅީގައި އާރުޑީސީގެ ފުރާޅު އެއްލާލާފައި.
ވެލިދޫއށް އެރި ނަގޫރޯޅީގައި އާރުޑީސީގެ ފުރާޅު އެއްލާލާފައި.
ޚުލާސާ

ނަގޫރޯޅީގައި އާރްޑިސީގެ ފުރާޅު އެއްލައިލި. އަނިޔާވެގެން ފަރުވާދެނީ ދެ އަންހެނުންނާއި ފިރިހެނަކަށް.

ނ. ވެލިދޫއަށް މިރޭ ނަގޫރޯޅިއެއް އަރައި 3 މީހަކަށް އަނިޔާ ވެއްޖެއެވެ.

އަނިޔާވި 3 މީހުންނަށް އިތުރު ފަރުވާއަށް އުނގޫފާރަށް ގެންދިޔުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެއީ ދެއަންހެނުންނާއި ފިރިހެނެއް ކަމަށް އެ ރަށު ކައުންސިލްގެ ރައީސް އާތިފް ހުސައިން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ނަގޫރޯޅި އަރާފައި ވަނީ މިރޭ 10:20 ހާއިރު ކަމަށާއި، އެ ނަގޫރޯޅިއާ އެކު އާރްޑީސީގެ ފުރާޅު އެއްލާލާފައިވާ ކަމަށެވެ. “ނަގޫރޯޅީގެ ބާރު ގަދަކަމުން އާރުޑީސީގެ ފުރާޅު ވަރަށް ދުރަށް އެއްލައިލި، ސައިޓުގައި ހުރި ހޮޅިތަކެއް ވެސް ވިއްސައިގެން ގޮސްފައިވޭ. މިކަމުގައި 3 މީހުންނަށް ލިބުނު ޒަހަމްތަކަށް ފަރުވާ ދިނުމަށްފަހު މިހާރު އިތުރު ފަރުވާއަށް އުނގޫފާރަށް ގެންދަނީ”

މި ވަގުތު ރަށުގެ ކައުންސިލާއި އާންމު ރައްޔިތުން އަންނަނީ އާރްޑީސީގެ ފުރާޅު އެއްލާލި ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%