ރާއްޖެއިން ފޮނުވި މަސްދަޅުތަކުގެ ފުރަތަމަ ޝިޕްމެންޓް ޣައްޒާއަށް އެތެރެކޮށްފި

އައިޝަތު ރުވާ ރިފްޢަތު | 1 ދުވަސް ކުރިން - 00:46
ފެލިވަރު މަސްދަޅު: ރާއްޖެއިން ފަލަސްތީނަށް ދެމިލިއަން މަސްދަޅު ހަދިޔާކުރި.
ފެލިވަރު މަސްދަޅު: ރާއްޖެއިން ފަލަސްތީނަށް ދެމިލިއަން މަސްދަޅު ހަދިޔާކުރި.
ޚުލާސާ

ރާއްޖެއިން ހަދިޔާކުރި ދެމިލިއަން މަސްދަޅުގެ ތެރެއިން 374,400 މަސްދަޅު މިސްރުގެ ރެޑް ކްރެސެންޓު މެދުވެރިކޮށް 13 ފެބްރުއަރީ 2025 ގައި ޣައްޒާއަށް ފޯރުކޮށްދީފި.

ފަލަސްތީނުގެ ޣައްޒާއަށް އިސްރާއީލުން ދެމުން އަންނަ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ރާއްޖެއިން ފޮނުވަން ނިންމާފައިވާ މަސްދަޅުތަކުގެ ފުރަތަމަ ޝިޕްމެންޓް ޣައްޒާއަށް އެތެރެކޮށްފައިވާ ކަމަށް ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މި މަޢުލޫމާތު ހާމަކުރެއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް ލިޔުމުން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރު ވިދާޅުވީ ރާއްޖެއިން ހަދިޔާކުރި ދެ މިލިއަން މަސްދަޅުގެ ތެރެއިން 374,400 މަސްދަޅު މިސްރުގެ ރެޑް ކްރެސެންޓު މެދުވެރިކޮށް 13 ފެބްރުއަރީ 2025 ގައި ޣައްޒާއަށް ފޯރުކޮށްދީފައި ވެއެވެ.

މީގެއިތުރުން، ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި "ފަލަސްތީނާއެކު ދިވެހީން" ގެ ނަމުގައި ބޭއްވި ޓެލެތޯނުން ލިބުނު 19 މިލިއަން ރުފިޔާ ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް، ސީދާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް (އަންރުއާ)ގެ އެކައުންޓަށް ޖަމާކޮށްދީފައެވެ. މި ފައިސާ ޖަމާކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%