ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

އާނާ ފަހީމް | 2 ދުވަސް ކުރިން - 16:42
ސުޕްރީމް ކޯޓު/ ފޮޓޯ: ޚުލާސާ
ސުޕްރީމް ކޯޓު/ ފޮޓޯ: ޚުލާސާ
ޚުލާސާ

ޖުޑީޝަލް ސަރވިސް ކޮމިޝަނުން ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި. މި މަޤާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ ބުދަ ދުވަހުގެ 11:00.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ޖޭއެސްސީން ކުރި އިޢުލާނުގައިވާ ގޮތުން، މި މަޤާމަށް ކުރިމަތިލުމުގެ ސުންގަޑިުންގަޑިއަކީ ބުދަ ދުވަހުގެ 11:00 އެވެ. މި ފުރުޞަތު ހުޅުވާލާފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުޢޫދު އިސްތިޢުފާ ދެއްވުމާއި ގުޅިގެންނެވެ. ސުޢޫދު އިސްތިޢުފާ ދެއްވީ ޖޭއެސްސީ އިން އޭނާ ސަސްޕެންޑް ކުރުމަށްފަހުގައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި އުމުރުން 30 އަހަރު ފުރިފައިވުމާއި، އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުން ހިމެނެއެވެ. މީގެ އިތުރުން، ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މި ދެ ދާއިރާގައި މަދުވެގެން 7 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ޝަރުޠުކޮށްފައި ވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%