އުޑްތާ ޕަންޖާބުގެ ސީކުއެލްއެއް ހަދަން ތައްޔާރުވަނީ

އައިޝަތު ރުވާ ރިފްޢަތު | 21 ދުވަސް ކުރިން - 22:00
"އުޑުތާ ޕަންޖާބް" ގެ ޕޯސްޓަރު.
"އުޑުތާ ޕަންޖާބް" ގެ ޕޯސްޓަރު.
ޚުލާސާ

"އުޑުތާ ޕަންޖާބު" ގެ މައިގަނޑު ވާހަކަ ބިނާވެފައިވަނީ ޒުވާނުންގެ މެދުގައި ފެތުރެމުންދާ މަސްތުވާތަކެތީގެ ވަބާގެ މައްޗަށް.

ބޮލީވުޑްގެ މަޝްހޫރު ފިލްމު "އުޑްތާ ޕަންޖާބު" ގެ ސީކުއެލްއެއް ހަދަން ތައްޔާރުވަމުންދާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

2016 ވަނަ އަހަރު ރިލީޒްކުރި މި ކްރައިމް ޑްރާމާގެ ދެވަނަ ބައި ގެނައުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މި ފިލްމުގެ ފުރަތަމަ ބައިގައި މުހިންމު ދައުރެއް އަދާކުރި ޝާހިދު ކަޕޫރު، ދެވަނަ ބައިންވެސް ފެންނާނެ ކަމަށް މީޑިއާތަކުން ހާމަކޮށްފައިވެއެވެ. އަދި މިކަމާ ގުޅޭ މަޝްވަރާތައް މިހާރުވެސް ކުރިއަށްދާ ކަމަށް ބުނެފައިވެއެވެ.

"އުޑުތާ ޕަންޖާބް 2" ގެ ނަމުގައި ހަދާ މި ސީކުއެލް ޑައިރެކްޓްކުރާނީ އާ ޑައިރެކްޓަރެއް ކަމަށް ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނެފައިވެއެވެ. މި ފިލްމު ލިޔެ ޑައިރެކްޓްކުރުމަށް އާކާޝް ކޯޝިކަށް ހުށަހަޅާފައިވާ ކަމަށްވެސް ރިޕޯޓުތަކުގައި ބުނެފައިވެއެވެ. އާކާޝް ކޯޝިކަކީ "ބޫލް ބުލައްޔާ" 2 އަދި 3 އާއި "ހައުސްފުލް 4" އަދި "ގްރޭޓް ގްރޭންޑް މަސްތީ" ފަދަ ފިލްމުތަކުގެ ސްކްރީން ރައިޓަރެވެ.

2016 ގައި ރިލީޒްކުރި "އުޑުތާ ޕަންޖާބު" އަކީ އަބީޝެކް ޗޯބޭ ޑައިރެކްޓްކޮށް، އޭނާ އާއި ސުދިޕް ޝަރުމާ ސްކްރީންޕްލޭ ލިޔުނު ފިލްމެކެވެ. މި ފިލްމުގައި ޝާހިދު ކަޕޫރުގެ އިތުރުން ކަރީނާ ކަޕޫރު، އާލިއާ ބަޓް އަދި ދިލްޖީތު ދޮސަންޖް ފަދަ މަޝްހޫރު ތަރިން ބައިވެރިވިއެވެ.

"އުޑުތާ ޕަންޖާބު" ގެ މައިގަނޑު ވާހަކަ ބިނާވެފައިވަނީ ޒުވާނުންގެ މެދުގައި ފެތުރެމުންދާ މަސްތުވާތަކެތީގެ ވަބާގެ މައްޗަށެވެ. މި ފިލްމަކީ ބޮކްސް އޮފީހުގައި ވަރަށް ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%