ހުއްދަ ނެތި ކާބޯތަކެތި ޑެލިވަރީކުރާ ގެއަކުން 32 ބިދޭސީއަކު ހިފަހައްޓައިފި

އަހްމަދު އީޒާން | 6 ދުވަސް ކުރިން - 22:11
އިމިގްރޭޝަން އޮފިސަރުން މާލޭގައި ބިދޭސީންގެ ބަޔަކު ކާބޯތަކެތި ޑެލިވަރީ ކުރާ ގެއެއް ބަލައި ފާސްކުރަނީ / ފޮޓޯ: އިމިގްރޭޝަން
އިމިގްރޭޝަން އޮފިސަރުން މާލޭގައި ބިދޭސީންގެ ބަޔަކު ކާބޯތަކެތި ޑެލިވަރީ ކުރާ ގެއެއް ބަލައި ފާސްކުރަނީ / ފޮޓޯ: އިމިގްރޭޝަން
ޚުލާސާ

އެ ގެއިން އާންމު ގޮތެއްގައި ގަނޑުކުރި މަހާއި ތަރުކާރީ އަދި އެހެނިހެން ކާނާގެ ބާވަތްތައް ސަޕްލައިކުރާ ތަން ފެނިފައިވާ ކަމަށް އިމިގްރޭޝަނަށް ހުށަހެޅި ރިޕޯޓުގައި ބުނެފައިވޭ.

ބިދޭސީންގެ ބަޔަކު މާލޭގައި ހުއްދަ ނެތި ކާބޯތަކެތި ޑެލިވަރީކުރުމުގެ މަސައްކަތް ކުރާ ގެއަކުން 32 ބިދޭސީއަކު ހިފަހައްޓައިފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން އެކްސްގައި އާންމުކުރި ވީޑިއޯއެއްގައި ބުނީ މއ. ހިތިލާގެ 2 ބަލައި ފާސްކުރީ މިދިޔަ ބުދަ ދުވަހުގެ ރޭ ކަމަށެވެ. އެ ގެ ބަލައި ފާސްކުރީ މިދިޔަ ފެބްރުއަރީ މަހު "އިމިގްރޭޝަން ވޮޗް" އަށް ލިބުނު ރިޕޯޓަކާ ގުޅިގެން ކަމަށް ވެސް ބުންޏެވެ.

އެ ގެއިން އާންމު ގޮތެއްގައި ގަނޑުކުރި މަހާއި ތަރުކާރީ އަދި އެހެނިހެން ކާނާގެ ބާވަތްތައް ސަޕްލައިކުރާ ތަން ފެނިފައިވާ ކަމަށް އިމިގްރޭޝަނަށް ހުށަހެޅި ރިޕޯޓުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ގިނަ އަދަދެއްގެ ގޭސް ސިލިންޑަރު ވެސް އެ އިމާރާތަށް ގެންދާ ކަމަށާއި މެންދުރު ގަޑީގައި ގިނަ އަދަދެއްގެ ބަތް ޕާރުސަލް ޑެލިވަރީކުރަން އެ އިމާރާތުން މީހުން ނުކުންނަ މަންޒަރު ފެންނަ ކަމަށެވެ.

އިމިގްރޭޝަނުން ބުނީ އެ ގޭގައި ކެއްކުމުގެ އިތުރަށް ވަރަށް ގިނަ ބިދޭސީން ދިރިއުޅެމުން ވެސް ދާ ކަމަށެވެ.

ޑެގު އަޅައިގެން ހަދައިފައި ހުރި އެ ހަތަރު ބުރީގެ އިމާރާތުގައި 77 ބިދޭސީން ދިރިއުޅޭ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަން ޓާސްކް ފޯހުން ހިންގި އޮޕަރޭޝަންގައި އެ ހުރިހާ ބިދޭސީން ލިޔެކިޔުން ބަލައި ޗެކުކޮށް، ސައްހަ ވިސާއެއް ނެތި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ 32 ބިދޭސީއަކު ވަނީ އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ވަޒީފާ ދިން މީހުންނަށް ފިލައިގެން އުޅޭ ބިދޭސީން ވެސް ހިމެނޭ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%