ޕަބްލިކް ވޯކްސް މިނިސްޓްރީން މާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރަނީ

އަހްމަދު އީޒާން | 7 ދުވަސް ކުރިން - 14:58
ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް. / ފޮޓޯ: ޕަބްލިކް ވޯކްސް މިނިސްޓްރީ
ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް. / ފޮޓޯ: ޕަބްލިކް ވޯކްސް މިނިސްޓްރީ
ޚުލާސާ

މިނިސްޓަރު ވިދާޅުވީ މި މަސައްކަތް ކުރަނީ މާލޭގެ ކާނުތަކުން ފެން ހިނދުން ލަސްވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވަމުންދާ ތަކުލީފުތައް ކުޑަކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން ކަމަށް.

މާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ޕަބްލިކް ވޯކްސް މިނިސްޓްރީން މާދަމާ ފަށަން ނިންމައިފިއެވެ.

ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އެކްސްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލޭ މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް މާދަމާ އެ މިނިސްޓްރީގެ މުވައްޒަފުން ފަށާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި މަސައްކަތް ކުރަނީ މާލޭގެ ކާނުތަކުން ފެން ހިނދުން ލަސްވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވަމުންދާ ތަކުލީފުތައް ކުޑަކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން ކަމަށެވެ.

ވިއްސާރާގައި މާލޭގެ މަގުތަކުގައި ހިނގާވެބިނގާވެ އުޅެން ދަތިވާ ވަރަށް ފެންބޮޑުވުމަކީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ.

ވާރޭވެހޭ ކޮންމެ ފަހަރަކު މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެގެން ފެންހިންދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުންނާއި ޕަބްލިކް ވާރކްސް ޔުނިޓުގެ މުވައްޒަފުން ނުކުމެ އޮންނަނީ ކުރަންޖެހިފައި ކަމަށް މިނިސްޓްރީން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%