ހަރުދަނާ އެއްބައިވަންތަ ޤައުމެއް ބިނާކުރުމަށް ރައީސް ގޮވައިލައްވައިފި

ހުސައިން އިސްމާއިލް | 6 ދުވަސް ކުރިން - 12:47
ރައީސް ޑރ. މުޙައްމަދު މުޢިއްޒު: ރައީސް ވިދާޅުވީ ދިވެހި ޤައުމިއްޔަތު މޫލާފައިވަނީ އިސްލާމް ދީނަށް.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު: ރައީސް ވިދާޅުވީ ދިވެހި ޤައުމިއްޔަތު މޫލާފައިވަނީ އިސްލާމް ދީނަށް.
ޚުލާސާ

ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ ޢަޒުމަކަށް ވާންވީ، އިސްލާމްދީނުގެ ރިވެތި އުސޫލުތަކަށް އަމަލުކުރާ، ދިވެހީންގެ ހަރުދަނާ ސިފަތަކަށް ޤަދަރުކުރާ މީހަކަށްވުމުގެ ޢަޒުމް.

ހަރުދަނާ އެއްބައިވަންތަ ޤައުމެއް ބިނާކުރުމަށް މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

ޤައުމީ ފެންވަރުގައި މިއަދު ފާހަގަކުރާ ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ މުނާސަބަތުގައި އެ މަނިކުފާނު ދެއްވި ޚާއްޞަ ޚިޠާބުގައި ވިދާޅުވީ، ޤައުމުތައް ކަނޑައެޅެނީ އެޤައުމުތަކުގެ އަޚްލާޤީ މިންގަނޑުން ކަމަށާއި، ދިވެހިން އަބަދުވެސް ހެވާއި ނުބައި ވަކިކުރުމަށް އިސްލާމީ އުޞޫލުތައް ބޭނުން ކުރަމުން އަންނަ ކަމަށެވެ. އަދި ދިވެހިން އިސްލާމްދީން ބަލައިގަތުމަކީ ތާރީހުގައި އައި އެންމެ މުހިންމު އިންގިލާބު ކަމަށާއި، ދިވެހިންގެ ނިޒާމަކީ އީމާންތެރިކަމާއި ކަރާމާތާއި އިންސާފުގެ މައްޗަށް ބިނާވެފައިވާ ނިޒާމެއްކަން ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން، މިފަދަ ދުވަހެއްގެ ޢަޒުމަކަށް ވާންވީ، އިސްލާމްދީނުގެ ރިވެތި އުސޫލުތަކަށް އަމަލުކުރާ، ދިވެހީންގެ ހަރުދަނާ ސިފަތަކަށް ޤަދަރުކުރާ މީހަކަށްވުމުގެ ޢަޒުމު ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހީ ޤައުމިއްޔަތަކީ އިސްލާމްދީނާއި ވަރަށް ފުންކޮށް ގުޅިފައިވާ، ޤަރުނުތަކެއް ވަންދެން ދިވެހި މުޖުތަމަޢުގެ އާދަކާދަތަކާއި އަގުތައް ބައްޓަންކުރާ އެއްޗެކެވެ.

އަދި ދިވެހި ގައުމިއްޔަތުގައި الله އަށް އީމާންވުން ވަރުގަދަކުރުމާއި، ޙަރާމް ކަންކަމުން ދުރުހެލިވުމާއި، އިންސާނީ ކަރާމާތް ހިމާޔަތްކުރުމާއި، މިސްކިތްތައް ބިނާކުރުމާއި، އިޙްތިރާމާއި ވަފާތެރިކަމާއި އެއްބައިވަންތަކަމުގެ އަގުތަކަށް ހިތްވަރު ދިނުން ހިމެނޭކަން ފާހަގަކުރެއްވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%