އަމާޒަކީ ހޯމަ ދުވަހުގެ ނިޔަލަށް ރޯދަ ހަދިޔާ ބަހައި ނިންމުން: މިނިސްޓަރު އާދަމް ޝަރީފް

އަހްމަދު އީޒާން | 8 ދުވަސް ކުރިން - 12:16
މިނިސްޓަރު އާދަމް ޝަރީފް، މަސްދަޅު ކޭސް ބެހުމުގެ ކަންކަން ކުރިއަށް ގެންދާ ގޮތް އޮޅުންފިލުއްވަނީ / ފޮޓޯ: ލޯކަލް ގަވަނެންސް މިނިސްޓްރީ
މިނިސްޓަރު އާދަމް ޝަރީފް، މަސްދަޅު ކޭސް ބެހުމުގެ ކަންކަން ކުރިއަށް ގެންދާ ގޮތް އޮޅުންފިލުއްވަނީ / ފޮޓޯ: ލޯކަލް ގަވަނެންސް މިނިސްޓްރީ
ޚުލާސާ

މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ހުވަދު އަތޮޅަށް މާދަމާ ރޯދަ ހަދިޔާގެ ގޮތުގައި ބަހާ މަސްދަޅު ކޭސް ލިބޭނެ ކަމަށް.

އަމާޒަކީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ދޭ މަސްދަޅު ކޭސް ބަހައި ނިންމުން ކަމަށް ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގއ. އާއި ގދ. އަށް މާދަމާ ރޯދަ ހަދިޔާގެ ގޮތުގައި ބަހާ މަސްދަޅު ކޭސް ލިބޭނެ ކަމަށެވެ. އޭރުން ރާއްޖޭގެ ހުރިހާ ހިސާބަކަށް ރޯދަ ހަދިޔާ ފޯރުކޮށްދެވުނީ ކަމަށް އޭނާ ވިދާޅުވި އެވެ.

ރޯދަ ހަދިޔާ އާއި ބެހޭ ގޮތުން މިނިސްޓަރު ކުރެއްވި ޕޯސްޓާއެކު މާލޭގައި ރޯދަ ހަދިޔާ ބެހުމަށް ހަމަޖެހިފައިވާ ގަޑިތަކާއި ތަންތަން ހާމަކޮށް މިނިސްޓްރީން ކޮށްފައިވާ ޕޯސްޓް ވެސް ހިމަނުއްވާފައިވެ އެވެ.

މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ވެސް މި ރޯދަމަހު ރޯދަ ހަދިޔާ ބަހަނީ ރޭގަނޑު 9.30 އިން 11.30 އަށެވެ.

މި ރޯދަމަހު މީހުން ދިރިއުޅޭ ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ހަދިޔާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފަ އެވެ. އަދި ކަރަންޓާއި ފެން ބިލުން 10 ޕަސެންޓުގެ ޑިސްކައުންޓެއް ދޭން ވެސް ވަނީ ނިންމަވަައިފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%