ރައީސްގެ އިރުޝާދުފުޅާއި އެއްގޮތަށް ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމަށް ޕީއެންސީން ޚާއްޞަ ފޯރަމްތަކެއް ބާއްވަނީ

އައިޝަތު ރުވާ ރިފްޢަތު | 7 ދުވަސް ކުރިން - 02:13
ޕީއެންސީން ކުރިއަށް ގެންދަން ހަމަޖެހިފައިވާ އިޙްޔާ ފޯރަމްތައް ކުރިއަށް ގެންދަވަނީ ޝައިޚް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު/ ފޮޓޯ: ޕީއެންސީ
ޕީއެންސީން ކުރިއަށް ގެންދަން ހަމަޖެހިފައިވާ އިޙްޔާ ފޯރަމްތައް ކުރިއަށް ގެންދަވަނީ ޝައިޚް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު/ ފޮޓޯ: ޕީއެންސީ
ޚުލާސާ

މި ފޯރަމްތަކުގެ ތެރެއިން ފުރަތަމަ ފޯރަމް އޮންނާނީ މާރިޗު 7 ވާ ހުކުރު ރޭ 21:30 ގައި ކޮންގްރެސް ހައުސްގައި.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުފުޅާއި އެއްގޮތަށް، 1446 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް ޚާއްޞަ ފޯރަމްތަކެއް ބޭއްވުމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ނިންމައިފިއެވެ.

ޕީއެންސީން ބުނީ، ރަމަޟާން މަހުގެ ކޮންމެ ހަފްތާއަކު އެއްފަހަރު ސިލްސިލާކޮށް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާ މި ފޯރަމްތަކުގެ ތެރެއިން ފުރަތަމަ ފޯރަމް އޮންނާނީ މާދަމާރޭ (މާރިޗު 7 ވާ ހުކުރު ދުވަހުގެ ރޭ) 21:30 ގައި ހ. ވެޔޮވިލާގައި ހުންނަ ކޮންގްރެސް ހައުސްގައެވެ. މި ފޯރަމް ކުރިއަށް ގެންދަވާނީ ޝައިޚް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުކަމަށް އެ ޕާޓީން ހާމަކުރިއެވެ.

މި ސިލްސިލާ ފޯރަމްތަކުގެ ހުރިހާ ބައްދަލުވުމެއްގައިވެސް ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަކީ ކޮންގްރެސް ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، އެ ޕާޓީގެ ލީޑަރޝިޕްގެ ވަރަށް ބޮޑު އެދުމެއް ކަމަށް ޕީއެންސީން ފާހަގަކުރިއެވެ.

ޕީއެންސީން ވަނީ މި ފޯރަމްތަކަށް ދިވެހި ހުރިހާ ރައްޔިތުންނަށް ދަޢުވަތު ދީފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%