ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރި ގާތްގަނޑަކަށް އެއް ކިލޯގެ ޑްރަގް އަތުލައިގެންފި ކަމަށް މޯލްޑިވްސް ކަސްޓަމް ސާވިސް އިން ބުނެފިއެވެ. މި ޑްރަގް ފެނުނީ ޕޯސްޓު މެދުވެރިކޮށް ރާއްޖެ ގެނައި ޕެކޭޖެއް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
ކަސްޓަމްސް އިން ބުނި ގޮތުގައި، ޕެކޭޖުގައި ޑްރަގް ފޮރުވާފައި ހުރި ކަމަށް ޝައްކުވެގެން ބަލައި ފާސްކުރެވުނު ފެނުނު ތަކެތީގެ ފުރަތަމަ މަރުހަލާގައި ކުރެވުނު ޓެސްޓުގައި، އެ ތަކެތި ކެނަބިސްއަށް ޕޮޒިޓިވްވެފައިވާކަން ފާހަގަކުރެވުނެވެ. ޕެކޭޖުން ފެނުނު ކެނަބިސްގެ ބަރުދަނަކީ 1.070 ކިލޯއެވެ. މި ޑްރަގްގެ މަގުމަތީ އަގު އަންދާޒާކުރެވެނީ 856,000 ރުފިޔާއަށެވެ.
މި މައްސަލަ އާއި ގުޅިގެން، ޕެކޭޖު ބަލައި ކަސްޓަމްސްއަށް ދިޔަ 52 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ފުލުހުންނާއި ހަވާލުކޮށްފައި ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.