ރަމަޟާން މަހު ދުޅަހެޔޮކަން ދެމެހެއްޓުން: ކެއުމާއި، ބުއިމާއި އަދި ފައިދާހުރި އާދަތައް

އާނާ ފަހީމް | 25 ދުވަސް ކުރިން - 12:02
ރަމަޟާން މަހު އަޅުކަން ކުރުމުގައި / ފޮޓޯ: ވޮށިންޓަން ޓައިމްސް
ރަމަޟާން މަހު އަޅުކަން ކުރުމުގައި / ފޮޓޯ: ވޮށިންޓަން ޓައިމްސް
ޚުލާސާ

ރަމަޟާން މަހު ފައިދާހުރި ކާނާ ކެއުމާއި، ފެން ބުއިމާއި، ރަނގަޅަށް ނިދުމާއި، ލުއި ކަސްރަތު ކުރުމަކީ ދުޅަހެޔޮކަން ޙާޞިލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް.

ރަމަޟާން މަހަކީ އަޅުކަމުގެ އިތުރުން، އަމިއްލަ ނަފްސާއި ދޭތެރޭ ވިސްނައި، އާދަތައް ރަނގަޅުކޮށް، ދިރިއުޅުމުގެ ވައްޓަފާޅި ހެޔޮގޮތުގައި ބައްޓަންކުރުމަށް އެންމެ އެކަށޭނަ ދުވަސްވަރެވެ. ޞިއްޙީގޮތުން ދުޅަހެޔޮ ހަށިގަނޑަކާއެކު މި މަސް ހޭދަކުރުމަކީ ރޫޙާނީ ގޮތުން ކުރިއެރުން ހޯދުމަށް ވެސް ވަރަށް މުހިންމު ކަމެކެވެ.

މި ދުވަސްވަރު އެންމެ މުހިންމުކަން ދޭންވީ ހެޔޮ ޢަމަލުތައް ގިނަކުރާށެވެ. ހަމައެހެންމެ އެކަށީގެންވާ މިންވަރަށް ނިދުމާއި އަރާމުކުރުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ.

ހާރުކެއުމުގައި، ފުރިހަމައަށް ބަނޑުފުރާ އަދި ދިގު މުއްދަތަކަށް ހަކަތަ ދެމެހެއްޓޭ ކާނާއަށް އިސްކަންދޭށެވެ. މީގެ ތެރޭގައި އޯޓްސް، ބިސް، މޭވާ، އަދި ގޮދަން ހިމެނެއެވެ. ރޯދަވީއްލުމުގައި، ކަދުރާއި ފެނުން ރޯދަ ވީއްލުމަށްފަހު، ތަރުކާރީއާއި، ރަނގަޅު ޕްރޮޓީނާއި، އަދި ފައިދާހުރި ކާބޯހައިޑްރޭޓް ހިމެނޭ ކެއުމެއް ކެއުމަށް އަހައްމިއްޔަތުކަން ދޭށެވެ. ތެލުލި ކާނާ މަދުކުރާށެވެ. އެފަދަ ތަކެތިން ވަރުބަލިކަމާއި ބުރަކަން އިތުރުވެދާނެއެވެ.

ރޯދަވީއްލުމާއި ހާރުކެއުމާއި ދެމެދު ގިނައިން ފެން ބުއިމަށް ސަމާލުވާށެވެ. ސޫޕާއި އަދި ފެން ގިނައިން އެކުލެވޭ މޭވާ، މިސާލަކަށް ކަރާ ކެއުމަކީ ވެސް ހަށިގަނޑު ތެތްކޮށް ބެހެއްޓުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ރޯދަވީއްލުމަށްފަހު ލުއި ކަސްރަތުތައް ކުރުމުން ހަކަތަ ބޭކާރުނުވެ ހަރަކާތްތެރިކަން ދެމެހެއްޓުމަށް މަގުފަހިވެދާނެއެވެ. އެންމެ މުހިންމު ކަމަކީ، ނަމާދުކުރުމާއި، ޤުރުއާން ކިޔެވުމާއި، އަދި ވިސްނުން ފަދަ ކަންކަމުން ހިތާއި ސިކުނޑި ދުޅަހެޔޮކުރުމަށް ރޫޙާނީ ކުރިއެރުމަށް ވަގުތު ހޭދަކުރުމެވެ.

ޙަލާލު ރަނގަޅު ކާނާ ކެއުމާއި، އެކަށީގެންވާ ވަރަށް ހަށިގަނޑު ތެތްކޮށް ބެހެއްޓުމާއި، އަދި އަމިއްލަ ނަފްސު ބެލެހެއްޓުމަށް އަހަންމިއްޔަތުކަން ދޭށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%