މިފަހަރުގެ އޮސްކާ އެވޯޑް އިސްރާއީލާއި ދެކޮޅު ފިލްމަކަށް ދީފައިވާތީ އިސްރާއީލުން ނުރުހުން ފާޅުކޮށް ޕްރެޝަރު ކުރަން ފަށައިފިއެވެ.
އޮސްކާ އެވޯޑް މިފަހަރު ލިބުނު އެންމެ މޮޅު ޑޮކިއުމެންޓްރީ އަކީ އިސްރާއީލްގެ ހައްދުފަހަނަ އަޅާފައިވާ “ޓެރަރިސްޓު ޖަމާޢަތުން”ޣައްޒާއަށް ދިން އިންސާނިއްޔަތާއި ޚިލާފު ޙަމަލާ ތަކާއި ޖަރީމާތަކުގެ މައްޗަށް އަލިއަޅުވާލާފައިވާ “ނޯ އަދަރ ލޭންޑް”އެވެ.
“ނޯ އަދަ ލޭންޑް”ގެ މަންޒަރެއް: މި ޑޮކިއުމެންޓްރީ އެމެރިކާގެ ހޮލީވުޑް ސިނަމާތަކުގައާއި ސްޓޫޑިއޯތަކުގައި ދައްކައި ވިއްކުމަށް ބޮޑެތި ޕްރެޝަރާއި ކުރިމަތިލާން ޖެހިއްޖެ.
މި މައްސަލައިގައި އިސްރާއީލުގެ ކަލްޗާ މިނިސްޓަރު މިކީ ޒޯހަރު ވަނީ "ނޯއައަދަރ ލޭންޑް" އަށް އޮސްކާ އެވޯޑް ދިނުމުން ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެއީ "ސިނަމާގެ ދުނިޔެއަށް ހިތާމަވެރި ވަގުތެއް" ކަމަށް ވިދާޅުވެ، ފިލްމު އުފެއްދި ފަރާތްތަކުން އިސްރާއީލުގެ ތަސްވީރު އޮޅުވާލާފައިވާ ކަމަށް ތުހުމަތުކޮށް އެ ފިލްމު ޑިސްޓްރިބިއުޓް ނުކުރުމަށް ގޮވާލާފައެވެ.
މިކަމާއި ގުޅިގެން، ހޮލީވުޑްގެ ބޮޑެތި ސްޓޫޑިއޯތަކުން ފިލްމު ވިއްކަން ނުވަތަ ޑިސްޓްރިބިއުޓް ކުރަން ދެކޮޅު ހަދައެވެ. ފަލަސްތީނުގެ ގެތައް އިސްރާއީލު ސިފައިން ތަޅާލުމުގެ މައްޗަށް އަލިއަޅުވާލާފައިވާ މި ޑޮކިއުމެންޓްރީއަކީ އެމެރިކާގެ ސިނަމާތަކުގައި ދެއްކުން ވަނީ ދަތިވެފަ އެވެ. ސްޓޫޑިއޯ ތަކުން ޑިސްޓްރިބިއުޓް ކުރުމަށް ދަނީ ދެކޮޅު ހަދަމުންނެވެ.
ޑޮކިއުމެންޓްރީ “ނޯ އަދަރ ލޭންޑް” ހެދީ ފަލަސްތީނުގެ ބާސެލް އަދްރާ އާއި ހަމްދާން ބައްލާލް، އަދި އިސްރާއީލުގެ ޔޫވަލް އަބްރަހަމް އާއި ރޭޗަލް ޒޯރ އެވެ. ފިލްމު ޑިސްޓްރިބިއުޓް ނުިުރާތީވެ އެފަރާތްތަކުން ދަނީ އިހުތިޖާޖު ކުރަމުންނެވެ.