96 ވަނަ އެކަޑަމީ އެވޯޑްސް (އޮސްކާ) ގައި އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް "އަނޯރާ" ފިލްމުގެ ޑައިރެކްޓަރު ޝޯން ބޭކަރއަށް ލިބިއްޖެއެވެ. މިއީ 53 އަހަރުގެ ބޭކަރ އަށް ލިބުނު ފުރަތަމަ އޮސްކާ އެވޯޑެވެ.
"އަނޯރާ" އަކީ ބޭކަރ އަމިއްލައަށް ލިޔެ، ޕްރޮޑިއުސްކޮށް، ޑައިރެކްޓްކޮށް އަދި އެޑިޓްކޮށްފައިވާ ކޮމެޑީ ޑްރާމާއެކެވެ. މި ފިލްމުގެ މައިގަނޑު ދައުރުގައި ފެނިގެންދަނީ މިކީ މެޑިސަންއެވެ. އޭނާ ފެނިގެންދަނީ ބްރޫކްލިންގެ އެގްޒޯޓިކް ޑާންސަރެއްގެ ގޮތުގައި ރަޝިއާގެ އޮލިގަރކެއްގެ ނުކުޅެދޭ ދަރިފުޅާ ކައިވެނިކުރާ މީހެއްގެ ރޯލުންނެވެ.
"އަނޯރާ" އަށް މިއަދުގެ ރަސްމިއްޔާތުގައި ޖުމްލަ ފަސް އެވޯޑެއް ލިބުނެވެ. މީގެ ތެރޭގައި އެންމެ މޮޅު ޑައިރެކްޓަރުގެ އިތުރުން އެންމެ މޮޅު ފިލްމު، އެންމެ މޮޅު އޮރިޖިނަލް ސްކްރީންޕްލޭ އަދި އެންމެ މޮޅު އެޑިޓިންގެ އެވޯޑް ހިމެނެއެވެ. މިއީ މި ފިލްމާ އެންމެ ގާތުން ވާދަކުރި "ދަ ބޮރޫޓަލިސްޓް" އަށް ވުރެ ދެ އެވޯޑް އިތުރު އަދަދެކެވެ.
ބޭކަރ އަށް މި ލިބުނު ހަތަރު އެވޯޑާ އެކު، އޭނާ ވަނީ އެކަޑަމީ އެވޯޑްސްގެ ތާރީޚުގައި އެއް އަހަރެއްގެ ތެރޭގައި އެންމެ ގިނަ އެވޯޑް ހާސިލްކުރި ވޯލްޓް ޑިޒްނީއާ އެއްވަރުވެފައެވެ. މީގެ އިތުރުން، ޑައިރެކްޓަރސް ގިލްޑް އޮފް އެމެރިކާ، ޕްރޮޑިއުސަރސް ގިލް ގިލްޑް އަދި އިންޑިޕެންޑެންޓް ސްޕިރިޓް އެވޯޑްސްގެ އެންމެ މަތީ އެވޯޑްތައް ވެސް ބޭކަރ ވަނީ ހޯދާފައެވެ.
އެވޯޑް ބަލައިގަތުމަށްފަހު ދެއްކި ވާހަކައިގައި ބޭކަރ ވަނީ ފިލްމު އުފައްދާ ފަރާތްތަކަށް ސިނަމާތަކަށް ބޭނުންވާ ޕްރޮޖެކްޓްތައް އުފެއްދުމުގައި ދެމިތިބުމަށް ގޮވާލައި، ތިއޭޓަރުގެ ތަޖުރިބާ ގެއްލެމުންދާތީ ހިތާމަ ފާޅުކޮށްފައެވެ.
މި އަހަރުގެ އެންމެ މޮޅު ޑައިރެކްޓަރުގެ ކެޓަގަރީގައި ގާތްގަނޑަކަށް ތިން އަހަރު ފަހުން ފުރަތަމަ ފަހަރަށް ފަސް ފަރާތެއް ނޮމިނޭޓްވިއެވެ. ބޭކަރ ގެ "އަނޯރާ" އާ ވާދަކުރި އެހެން ފިލްމުތަކަކީ "ދަ ބްރޫޓަލިސްޓް" (ބްރެޑީ ކޯބެޓް)، "އަ ކޮމްޕްލީޓް އަންނޯން" (ޖޭމްސް މަންގޯލްޑް)، "އެމިލިއާ ޕެރޭޒް" (ޖެކް އޮޑިއާޑް) އަދި "ދަ ސަބްސްޓަންސް" (ކޮރަލީ ފާޖިޓް) އެވެ.
https://youtu.be/QplPq-_xTaU