ސްޓެލްކޯއިން ރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގައި އެއްވެސް ކަމެއް ނުކުރާނެ; ފަހުމީ

އުސްތާޛް މުޙައްމަދު ޢަލީ | 10 ދުވަސް ކުރިން - 09:36
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ: ފަހުމީ ވިދާޅުވީީ ރޯދަމަހުގެ ޑިސްކައުންޓުގެ ފައިދާ އެންމެ ފުރިހަމަގޮތުގައި ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ: ފަހުމީ ވިދާޅުވީީ ރޯދަމަހުގެ ޑިސްކައުންޓުގެ ފައިދާ އެންމެ ފުރިހަމަގޮތުގައި ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް.
ޚުލާސާ

މިހާރު ފޮނުވާފައިވާ ބިލަކީ ކުރީގެ ބިލިންގ ސައިކަލްގައި ހިމެނޭ ރީޑިންގ ނެގުމަށްފަހު ބިލް ޑެލިވަރީގައި އުޅޭ 20 ނުވަތަ 25 ދުވަހުގެ ޑިލޭގެ ބެކްލޮގް ފިލުވާލުމަށް ފޮނުވާފައިވާ

ސްޓެލްކޯއިން ރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގައި އެއްވެސް ކަމެއް ނުކުރާނެކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ. ފަހުމީ މިހެން ވިދާޅުވީ ގާތްގަނޑަކަށް ދެ ބިލު ގާތްގާތުގައި ފޮނުވުމާއި ގުޅިގެން އާންމުން ކަންބޮޑުވުން ފާޅުކުރަމުންދާތީ އެކަން ރައްޔިތުންނަށް ސާފުކޮށްދިނުމުގެ ގޮތުންނެވެ.

ފަހުމީ ވިދާޅުވީ ސްޓެލްކޯއަކީ ގައުމީ ޚިދުމަތުގެ 75 އަހަރުގެ ރެކޯޑެއް އޮތް ކުންފުންޏެއްކަމަށާއި، ރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގައި އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާކަމަށެވެ. އަދި ގާތްގާތުގައި ދެ ބިލު ފޮނުވަން ނިންމީ ކަސްޓަމަރުންގެ ފައިދާއަށްކަމަށާއި، އެއީ އެއް ޔޫސޭޖަކަށް ކުރާ ބިލެއް ނޫންކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.

މިހާރު ފޮނުވާފައިވާ ބިލަކީ ކުރީގެ ބިލިންގ ސައިކަލްގައި ހިމެނޭ ރީޑިންގ ނެގުމަށްފަހު ބިލް ޑެލިވަރީގައި އުޅޭ 20 ނުވަތަ 25 ދުވަހުގެ ޑިލޭގެ ބެކްލޮގް ފިލުވާލުމަށް ފޮނުވާފައިވާ ބިލެއްކަމަށް ފަހުމީ ވިދާޅުވިއެވެ. އަދި ކަސްޓަމަރުންނަށް ކުރިމަތިވެދާނެ މާލީ ދަތިކަން ފިލުވުމަށްޓަކައި ޖޫރިމަނާ ނާރާގޮތަށް މި ބިލް ދެއްކުމަށް 30 ދުވަހުގެ މުހުލަތެއް ވެސް ދީފައިވާ ކަމަށް ފަހުމީ ވިދާޅުވިއެވެ.

މީގެ އިތުރުން، ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރޯދަމަސް ނިމެންދެން މުޅި ރޯދަ މަހުގެ ޔޫސޭޖަށް އެއް ބިލު ތައްޔާރުކޮށް، ސަރުކާރުން ދޭން ނިންމާފައިވާ ޑިސްކައުންޓް އެ ބިލްގައި ހިމެނުމަކީ ވެސް މި ބިލު ފޮނުވުމުގެ އެއް މަގުސަދުކަމަށް ފަހުމީ ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ރޯދަމަހުގެ ޑިސްކައުންޓުގެ ފައިދާ އެންމެ ފުރިހަމަގޮތުގައި ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%