އައިޓީބީ ފެއާގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ ޠާރިޤް ޖަރުމަނަށް ފުރާވަޑައިގެންފި

އަައިޝަތު ޒީނާ | 11 ދުވަސް ކުރިން - 15:16
އައިޓީބީ ފެއާގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ ޠާރިޤް ފުރާވަޑައިގަތުން. / ފޮޓޯ: މިނިސްޓްރީ
އައިޓީބީ ފެއާގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ ޠާރިޤް ފުރާވަޑައިގަތުން. / ފޮޓޯ: މިނިސްޓްރީ
ޚުލާސާ

މިނިސްޓަރ ޠާރިޤްގެ މި ދަތުރުފުޅުގައި ފަރުވެރިކަމުގެ ދާއިރާއިން ރާއްޖެއާއި ރާއްޖެއިން ބޭރުގެ އިންޑަސްޓްރީ ޕާޓްނަރުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައި.

އައިޓީބީ ފެއާގައި ބައިވެރިވެވަޑައިގަތުމަށް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހިމް ޖަރުމަނަށް ފުރާވަޑައިގެންފިއެވެ.

މާދަމާއިން ފެށިގެން ބުރާސްފަތި ދުވަހަށް ކުރިއަށްގެންދާ މި ފެއާ އޮންނާނީ ޖަރުމަނުގެ ވެރިރަށް ބާލިންގައި ހުންނަ ބާލިން އެކްސްޕޯސިޓީ ސެންޓަރުގައެވެ.

މިނިސްޓަރ ޠާރިޤްގެ މި ދަތުރުފުޅުގައި ފަރުވެރިކަމުގެ ދާއިރާއިން ރާއްޖެއާއި ރާއްޖެއިން ބޭރުގެ އިންޑަސްޓްރީ ޕާޓްނަރުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި މި ފެއާގައި ލީޑިން ޓްރެވަލް ޑެސްޓިނޭޝަނެއްގެ ގޮތުގައި ރާއްޖެ އިސްތިހާރުކުުރުގެ މަސައްކަތްވެސް މިނިސްޓަރ ކުރައްވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އައިޓީބީ ފެއާއަކީ ރާއްޖެއިން ބައިވެރިވާ ފެއާތަކުގެ ތެރެއިން އެންމެ މަޤުބޫލު އެއް ފެއާކަން ފާހަގަކޮށްލެވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%