ޒުވާބާއި ގުޅިގެން ކުރިޔަށް ނުގެންދެވުނު މައުދަންގެ އެއްބަސްވުމުގައި ޓްރަމްޕް އާއެކު ސޮއިކުރަން ޒެލެންސްކީ ތައްޔާރު

ޖަވާދު | 11 ދުވަސް ކުރިން - 14:38
އިއްޔެ ލަންޑަނުގައި އޮތް ޔޫރަޕިއަން ލީޑާސް ސަމިޓުގައި ޔުކްރޭނުގެ ރައީސް ޒެލެންސްކީ: އޭނާ ވިދާޅުވީ އެމެރިކާއިން ފައިސާގެ އެހީބލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް.
އިއްޔެ ލަންޑަނުގައި އޮތް ޔޫރަޕިއަން ލީޑާސް ސަމިޓުގައި ޔުކްރޭނުގެ ރައީސް ޒެލެންސްކީ: އޭނާ ވިދާޅުވީ އެމެރިކާއިން ފައިސާގެ އެހީބލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް.
ޚުލާސާ

ވައިޓްހައުސްގައި ހުކުރުދުވަހު ހިނގި ޒުވާބާއި ގުޅިގެން ޓްރަމްޕް ވަނީ ޒެލެންސްކީގެ ދަތުރުގެ ބާކީ ބައި ކެންސަލްކޮށް، މައުދަނުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ހުއްޓާލާފަ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު ދިމާވި “ހަޑިހުތުރު ބައްދަލުވުމަށް ފަހު ވެސް”، އެމެރިކާ އާއެކު މައުދަނުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ތައްޔާރަށް ހުރި ކަމަށް ޔުކްރޭނުގެ ރައީސް ވޮލޮޑިމިރ ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ލަންޑަނުގައި އޮތް ޔޫރަޕުގެ ލީޑަރުންގެ މުހިންމު ބައްދަލުވުމަކަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަވަމުން ޒެލެންސްކީ ވިދާޅުވީ، ހުކުރު ދުވަހު ޓްރަމްޕާއެކު ބޭއްވި ބައްދަލުވުމުގައި ޒުވާބުކުރަން ޖެހުނު ކަމުގައި ވިޔަސް، މި އެއްބަސްވުން ކުރިއަށް ގެންދިއުމަށް ކީވް ތައްޔާރަށް ހުރި ކަމަށެވެ.

"އަޅުގަނޑުމެންގެ ސިޔާސަތަކީ ކުރީގައި ހިނގާދިޔަ ކަންކަމަށް ނުބަލައި ކުރިއަށް ދިއުން. އަޅުގަނޑުމެން މިތިބީ ކޮންސްޓްރަކްޓިވްކޮށް. އަޅުގަނޑުމެން އެއްބަސްވުމުގައި ސޮއިކުރަން އެއްބަސްވެފައިވާނަމަ، އަޅުގަނޑުމެން މިތިބީ ސޮއިކުރަން ތައްޔާރަށް. އަދި ތެދުތެދަށް ބުނަންޏާ އެމެރިކާ ވެސް މިކަމަށް ތައްޔާރަށް ހުރިކަމަށް އަޅުގަނޑު ގަބޫލުކުރަން،" ޒެލެންސްކީ ވިދާޅުވިއެވެ.

ޓްރަމްޕާއެކު ގުޅުން އަލުން ރަނގަޅު ކުރެވޭނެ ކަމަށާއި، އެމެރިކާ އިން ކީވްއަށް ދޭ އެހީ ހުއްޓާނުލާނެ ކަމަށް ޒެލެންސްކީ އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި އެމެރިކާގެ އެހީ ހުއްޓާލުމަކީ ހަމައެކަނި ޕުޓިންއަށް އެހީތެރިވެދިނުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހުކުރު ދުވަހު ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމުގައި ޓްރަމްޕާއި ޒެލެންސްކީއާއި ދެމެދު ހިނގި ޒުވާބަށްފަހު، ޓްރަމްޕް ވަނީ ޒެލެންސްކީގެ ދަތުރުގެ ބާކީ ބައި ކެންސަލްކޮށް، މައުދަނުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ހުއްޓާލާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%