ރޯދަމަހުގެ ފުރަތަމަ ދުވަހު މާލެ ސަރަހައްދުގައި ކަރަންޓު ބޭނުންކުރި މިންވަރު ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ

އަހްމަދު އީޒާން | 58 ދުވަސް ކުރިން - 2 މާރިޗް 2025 22:51
ސްޓެލްކޯ އޮފީސް އިމާރާތް / ފޮޓޯ: ޙުލާސާ
ސްޓެލްކޯ އޮފީސް އިމާރާތް / ފޮޓޯ: ޙުލާސާ
ޚުލާސާ

ސްޓެލްކޯއިން ބުނީ ރޯދަމަހުގެ ފުރަތަމަ ދުވަހު ކަރަންޓު ބޭނުންކުރި މިންވަރު ދަށަށް ގޮސްފައި ވަނީ ވިއްސާރަ ދުވަހަކަށް ވުމުންނާއި ސްކޫލްތަކާއި އޮފީސްތައް ބަންދުވުމުން ކަމަށް ބެލެވޭ ކަމަށް.

މި ރޯދަމަހުގެ ފުރަތަމަ ދުވަހު މާލެ ސަރަހައްދުގައި ކަރަންޓު ބޭނުންކުރި މިންވަރު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް ސްޓެލްކޯ އިން މިއަދު ބުނެފި އެވެ. 

ސްޓެލްކޯ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރޯދަމަހުގެ ފުރަތަމަ ދުވަހު މާލެ އާއި ހުޅުމާލޭގައި އެންމެ ޕީކްގައި ގަޑީގައި ބޭނުންކޮށްފައި ވަނީ 78 މެގަވޮޓް ކަމަށެވެ. ރޯދަމަހުގެ ކުރިން ޕީކް ގަޑީގައި ކަރަންޓު ބޭނުންކުރާ މިންވަރު އެވްރެޖްކޮށް ހުރީ 100 މެގަވޮޓް އިން މަތީގައި ކަމަށް އެ ކުންފުނިން ބުންޏެވެ.

ސްޓެލްކޯ އިން ބުނީ ރޯދަމަހުގެ ފުރަތަމަ ދުވަހު މާލެ ސަރަހައްދުގައި ކަރަންޓު ބޭނުންކުރި މިންވަރު ދަށަށް ގޮސްފައި ވަނީ ވިއްސާރަ ދުވަހަކަށް ވުމުންނާއި ސްކޫލްތަކާއި އޮފީސްތައް ބަންދު ދުވަހަކަށް ވުމުން ކަމަށް ބެލެވޭ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ އަހަރުގެ ރޯދަމަހެކޭ އެއްގޮަތަށް މި ރޯދަމަހު ވެސް ހުރިހާ ގެއެއްގެ ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދޭން ނިންމައިފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%