ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ގުޅިގެން މިއަދު ސަރުކާރު ބަންދުދުވަހެއްގެ ގޮތުގައި މިއަދު ކަނޑައަޅުއްވައިފިއެވެ.
ރާއްޖޭގެ ގިނަ ސަރަހައްދުތަކެއްގައި ދުނުކެނޑި ބޯކޮށް ވާރޭވެހި، ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެފައިވާތީ، މިއަދު 2 މާރިޗް 2025 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިކަން އިޢުލާނު ކުރެއްވީ އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
"މެދުނުކެނޑި ބޯކޮށް ވާރޭވެހި އަދި ބައެއް ސަރަހައްދު ތަކުގައި ފެންބޮޑުވެ، އެކަމުގެ ސަބަބުން ވަރަށްގިނަ ރައްޔިތުންނަށް ދަތިވެ، ތަކުލީފުތަކެއް ލިބިފައިވާތީ 2 މާރިޗް 2025 ވަނަ ދުވަހަކީ (މިއަދު) ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފި." ހީނާ ވިދާޅުވިއެވެ.
މި ނިންމުމާ ގުޅިގެން، މިއަދު ސަރުކާރުގެ އޮފީސްތަކާއި، ސްކޫލްތައް ބަންދުވާނެއެވެ. ނަމަވެސް، ކުއްލި ހާލަތްތަކުގައި މަސައްކަތްކުރާ މުވައްޒަފުން އަދި އިމަރޖެންސީ ޚިދުމަތްތައް ހުއްޓުމެއްނެތި ކުރިއަށްދާނެކަމަށް މައުލޫމާތު ލިބެއެވެ.