މާލޭގައި ފެން ހިންދުމަށް ސަރުކާރު މުއައްސަސާތައް ނުކުމެއްޖެ

އާނާ ފަހީމް | 11 ދުވަސް ކުރިން - 23:03
މިހާރު ކުރަމުންދާ ބޯ ވިއްސާރައިގެ ސަބަބުން މާލޭގެ ގޭބިސީ ތަކާއި ފިހާރަތަކަށް ފެން ވަންނާތީވެ ސަރުކާރުގެ އިދާރާތަކުން ރައްޔިތުންގެ މުދާތައް ރައްކާތެރިކޮށްދިނުމުގެ މަސައްކަތުގައި އަވަދިނެތި ޙަރަކާތްތެރިވަނީ. / ފޮޓޯ: ޚުލާޞަ
މިހާރު ކުރަމުންދާ ބޯ ވިއްސާރައިގެ ސަބަބުން މާލޭގެ ގޭބިސީ ތަކާއި ފިހާރަތަކަށް ފެން ވަންނާތީވެ ސަރުކާރުގެ އިދާރާތަކުން ރައްޔިތުންގެ މުދާތައް ރައްކާތެރިކޮށްދިނުމުގެ މަސައްކަތުގައި އަވަދިނެތި ޙަރަކާތްތެރިވަނީ. / ފޮޓޯ: ޚުލާޞަ
ޚުލާސާ

ބޯކޮށް ވާރޭ ވެހުމާއި ގުޅިގެން މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ސަރުކާރުގެ މުއައްސަސާތައް ފެންހިންދުމާއި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވެއްޖެ.

މިއަދު މާލެއަށް ބޯކޮށް ވެހުނު ވާރޭއާއި ގުޅިގެން މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވެފައި ވާތީ، ސަރުކާރުގެ ކަމާއިގުޅޭ މުއައްސަސާތަކުން ގުޅިގެން ފެންހިންދުމުގެ މަސައްކަތް ފަށައިފި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ ވިދާޅުވީ، ކަމާއި ގުޅުން ހުރި ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ފެން ހިންދުމުގަ އާއި ވެލި ބަސްތާތައް ޖެހުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ރާއްޖެއަށް ކުރަމުންދާ ބޯ ވިއްސާރައިގައި ރައްޔިތުންގެ މުދާތައް ސަލާމަތް ކުރުމުގައި އެމްއެންޑީއެފުން ޙަރަކާތްތެރިވަނީ. ކޮންމެ ރައްޔިތަކަށް ދިމާވާ ކޮންމެ ކަމެއްގައި ވެސް ސަރުކާރުން ގެންދަނީ އެހީތެރިކަން ފޯރުކޮށްދެމުން / ފޮޓޯ: ޚުލާޞާ

ރާއްޖެއަށް ކުރަމުންދާ ބޯ ވިއްސާރައާއި ގުޅިގެން ފެން ބޮޑުވެފައިވާ މާލޭގެ މަގުތަކަށް ކަމާއި ގުޅުންހުރި ފަރަތްތަކުން ނުކުމެ ފެން ހިންދުމުގެ މަސައްކަތުގައި / ފޮޓޯ: ޚުލާޞާ

ހީނާ ވަލީދު ވިދާޅުވި ގޮތުގައި، ވިއްސާރައިގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތައް ކުޑަކުރުމަށާއި ރައްޔިތުންގެ ޙާލު ގާތުން ބަލައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާތައް ގުޅިގެން ޚާއްޞަ ސަމާލުކަމަކާއެކު ދަނީ ކުރިއަށް ގެންދަވަމުންނެވެ.

ބައެއް ގެތަކަށާއި ފިހާރަތަކށް ފެންވަދެ، މުދަލަށް ގެއްލުންވެފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%