މިއީ ރޫޙު އާލާކޮށް އެއްބައިވަންތަވާންވީ މައްސަރު : ރައީސް

ހުސައިން އިސްމާއިލް | 12 ދުވަސް ކުރިން - 13:28
ރައީސް ޑރ. މުޢިއްޒު - އެމަނިކުފާނު ވަނީ މި ރަމަޟާން މަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ދުނިޔޭގެ ހުރިހާ މުސްލިމު ލީޑަރުންނަށާއި އަދި އެންމެހާ މުސްލިމް އަޚުންނާއި އުޚްތުންނަށް ފޮނުއްވާފައި.
ރައީސް ޑރ. މުޢިއްޒު - އެމަނިކުފާނު ވަނީ މި ރަމަޟާން މަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ދުނިޔޭގެ ހުރިހާ މުސްލިމު ލީޑަރުންނަށާއި އަދި އެންމެހާ މުސްލިމް އަޚުންނާއި އުޚްތުންނަށް ފޮނުއްވާފައި.
ޚުލާސާ

ރައީސް ވިދާޅުވީ މިއީ އޯގާތެރިކަމާއި، ދީލަތިކަން އިތުރުކޮށް، އަޤީދާ ހަރުދަނާކުރުމުގެ މައްސަރު ކަމަށް.

ރަމަޟާން މަހަކީ ރޫޙު އާލާކޮށް، މުރާޖަޢާކުރުމާއި އެއްބައިވަންތަކަމުގެ މައްސަރަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރަމަޟާން މަހުގެ މުނާސަބަތުގައި އިސްލާމީ ޤައުމުތަކުގެ ލީޑަރުންނާއި، ސަރުކާރުތަކާއި ރައްޔިތުންނަށް،އަމިއްލަ ނަންފުޅުގައްޔާއި، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި އެމަނިކުފާނު ފޮނުއްވި މެސެޖުގައި އިތުރަށް ވިދާޅުވީ މިއީ އޯގާތެރިކަމާއި، ދީލަތިކަން އިތުރުކޮށް، އަޤީދާ ހަރުދަނާކުރުމުގެ މައްސަރު ކަމަށެވެ.

މި ރަމަޟާން މަހުގައި އެކުވެރިކަމުގެ ގުޅުންތައް ހަރުދަނާކުރެވި، ޚިދުމަތްކުރުމުގެ ޢަޒުމު ވަރުގަދަކުރެއްވުމަށް ޢަޒުމް ކަނޑައެޅުއްވުމަށާއި، އަދި އިސްލާމީ ޤައުމުތަކުގެ ވެރީންނާއި ރައްޔިތުންނަށް ފުރިހަމަ ސިއްޙަތަކާއި ކާމިޔާބީ މިންވަރުކުރެއްވުމަށް އެދިވަޑައިގެން އެމަނިކުފާނު ދުޢާ ދަންނަވާފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފަލަސްޠީނުގެ މައްސަލައަށް ވެސް އަލިއަޅުވާލައްވާފައިވެއެވެ. ޣައްޒާ އާއި ހުޅަނގު އައްސޭރީގައި ތިބި މުސްލިމުން ތަހައްމަލުކުރަމުންދާ ވޭނަށް ތަސައްލީއެއް ހޯދައިދިނުމަށް އިސްލާމީ އުންމަތަށް އިލްތިމާސްކުރައްވައިފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%