ރާއްޖޭގެ ގިނަ ސަރަޙައްދުތަކަށް ވާރޭވެހި މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ އިދާރާއިން އިންޒާރު ދީފައިވާތީ، ރައްޔިތުންނަށް ދިމާވެދާނެ ދަތިތައް ކުޑަކުރުމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން މަސައްކަތް ފަށައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވީ، ކުރިއަށް އޮތް ދެތިން ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވާރޭވެހި މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ އިދާރާއިން އަންގާފައިވާތީ، ރައްޔިތުންނަށް ދިމާވެދާނެ ތަކުލީފުތައް ކުޑަކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން މިހާރުވެސް މަސައްކަތް ފަށާފައިވާ ކަމަށެވެ.
"މޫސުން ގޯސްވުމުގެ ސަބަބުން މުލަ ރޯދަ ދުވަހަށް ތައްޔާރުވުމުގައި ވީހާވެސް ފަސޭހަ ގޮތަކަށް ރައްޔިތުންނަށް ކަންކަން އިންތިޒާމުކުރުމަށް މަސައްކަތްކުރާނެ." ހީނާ ވިދާޅުވިއެވެ.
މިފަދަ ޙާލަތްތަކުގައި ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާއި، ނޭޝަނަލް ޑިފެންސް ފޯސް އަދި މޯލްޑިވްސް ޕޮލިސް ސަރވިސް ފަދަ މުއައްސަސާތައް އާއްމުކޮށް ޙަރަކާތްތެރިވާކަން ފާހަގަކޮށްލެވެއެވެ.