އެންޑްރިކްގެ ޖާދުލާއެކު ފައިނަލުން ޖާގަ ހޯދުމުގެ ފުރަތަމަ ފިޔަވަހި ރެއާލުން ކާމިޔާބުކޮށްފި

ހުސައިން އިސްމާއިލް | 19 ދުވަސް ކުރިން - 09:56
މެޗުގައި ގޯލު ޖެހުމަށްފަހު ރިއަލްގެ ކުޅުންތެރިން އުފާފާޅުކުރަނީ.
މެޗުގައި ގޯލު ޖެހުމަށްފަހު ރިއަލްގެ ކުޅުންތެރިން އުފާފާޅުކުރަނީ.
ޚުލާސާ

ބެލިންގްހަމްގެ އެސިސްޓަކާއެކު ހަމައެކަނި ލަނޑު ޖަހައިދިނީ އެންޑްރިކް. ދެވަނަ ލެގު ކުޅޭނީ އެޕްރީލް ދޭއްގައި.

ކޮޕާ ޑެލް ރޭގެ ސެމީފައިނަލްގެ ފުރަތަމަ ލެގުގައި ރިއަލް މެޑްރިޑުން 1-0 އިން ރިއަލް ސޮސައިޑަޑް ބަލިކޮށްފިއެވެ. ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި އަނޮއޭޓާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ހަމައެކަނި ލަނޑު ޖެހީ ބްރެޒިލްގެ ޒުވާން ތަރި އެންޑްރިކެވެ.

މެޗުގެ 18 ވަނަ މިނެޓްގައި ޖޫޑް ބެލިންގްހަމް ތަނަވަސް ކޮށްދިން ފުރުސަތަކުން އެންޑްރިކް މި ގޯލު ޖެހިއިރު، މިއީ މި މުބާރާތުގައި އެންޑްރިކް ޖެހި ހަތަރުވަނަ ލަނޑެވެ.

ރޭގެ މެޗުގައި ރިއަލް ސޮސައިޑަޑްއިން ގިނަ ވަގުތު ބޯޅަ ގެންގުޅެ، ރިއަލްގެ ގޯލަށް 6 ހަމަލާ ފޮނުވާލި ނަމަވެސް، މެޑްރިޑްގެ ގޯލްކީޕަރު އަންޑްރީ ލުނިންގެ ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. ލުނިން ވަނީ މެޗުގައި ޖުމްލަ ހަ ސޭވް ކޮށްފައެވެ.

ރޭގެ މެޗުގައި މިޑްފީލްޑަރު ދާނީ ސެބަލޯސް އަށް ވަނީ އަނިޔާ ވެފައެވެ. ރިއަލް މެޑްރިޑުން އޭގެ ތަފްސީލް އަދި ހާމައެއް ނުކުރެއެވެ.

ސެމީފައިނަލްގެ ދެވަނަ ލެގު ކުޅޭނީ އޭޕްރިލް މަހުގެ ދެވަނަ ދުވަހުގައެވެ. އޭގެ ކުރިން މެޑްރިޑުން ޗެމްޕިއަންސް ލީގުގައި އެޓްލެޓިކޯ މެޑްރިޑާއި ދެކޮޅަށް ދެ މެޗެއް ކުޅެ، ލަ ލީގާގެ ހަތަރު މެޗެއް ކުޅޭނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%