ހަތަރު ރަށެއްގައި އަލަށް އެކްސްރޭގެ ޚިދުމަތް ފަށަނީ

އަހްމަދު އީޒާން | 4 ގަޑިއިރު ކުރިން - 18:39
އެކްސްރޭ މެޝިން.
އެކްސްރޭ މެޝިން.
ޚުލާސާ

ހެލްތު މިނިސްޓްރީން މިއަދު ބުނީ އެ ޚިދުމަތް އަލަށް ފަށަނީ ނ. ހޮޅުދު އާއި ނ. ވެލިދު އާއި ށ. މިލަންދޫ އަދި އދ. މާމިގިލިގައި ކަމަށް.

ހަތަރު ރަށެއްގައި އަލަށް އެކްސްރޭގެ ޚިދުމަތް ފަށަން ތައްޔާރުވެއްޖެއެވެ.

ހެލްތު މިނިސްޓްރީން މިއަދު ބުނީ އެ ޚިދުމަތް އަލަށް ފަށަނީ ނ. ހޮޅުދު އާއި ނ. ވެލިދު އާއި ށ. މިލަންދޫ އަދި އދ. މާމިގިލިގައި ކަމަށެވެ.

އެ ރަށްރަށުގައި އެކްސްރޭގެ ޚިދުމަތް ފެށުމަށް ވާން ޖެހޭ އިދާރީ ހުރިހާ މަސައްކަތްތަކެއް ނިންމައި، އަންނަ މަހު ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ މި ޚިދުމަތް ދިނުމަށް ޢިމާރާތަށް ގެންނަން ޖެހޭ ބަދަލުތަކާއި މެޝިން އިންސްޓޯލްކުރުން ފަދަ ކަންކަން ހިމެނޭ ކަމަށެވެ.

އަތޮޅު ހޮސްޕިޓަލްތަކާއި ރީޖިނަލް ހޮސްޕިޓަލްތައް އަދި ޞިއްޙީ މަރުކަޒުތަކުގެ ފެންވަރު ރަނގަޅުކޮށް ބޭސްފަރުވާއަށް މާލެއަށް އަންނަން ޖެހޭ ވަރު މަދުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%