ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު) ޓާޝަރީ ފެންވަރަށް ޚިދުމަތް ދިނުމަށް ތަރައްޤީކުރުމަށް ރާވާފައިވާ ޕްލޭން ކުޅުދުއްފުށީ ސިޓީ ކައުންސިލާ ހިއްސާކޮށްފިއެވެ.
ހެލްތު މިނިސްޓްރީން މިއަދު ބުނީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގައި ބޭއްވި ބައްދަލުވުމެއްގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޓާޝަރީ އެކްސްޕެންޝަން ޕްލޭން ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފަށް، ޗީފް އެގްޒެކެޓިވް އޮފިސަރު ނާޒިމާ އަލީ ހަވާލުކޮށްދެއްވާފައިވާ ކަމަށެވެ.
މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަމުގައި ބޮޑަށް އަލިއަޅުވާލާފައި ވަނީ އެ ރަށުން ލިބޭ ޞިއްޙީ ފަރުވާގެ ޚިދުމަތުގެ ފެންވަރު އިތުރަށް ފުރިހަމަކުރުމުގައި ހުރިހާ އިދާރާތަކެއް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ބައްދަލުވުމުގައި ޑެޕިއުޓީ މޭޔަރާއި ކައުންސިލްގެ މެންބަރުންނާއި ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރުގެ އިތުރުން ޓީމްގެ އިސް މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.