"ރައީސްގެ ޖަވާބު" ސިލްސިލާ އަލުން ފަށައި، ރައްޔިތުންނަށް ވީޑިއޯ ސުވާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

އާނާ ފަހީމް | 3 ގަޑިއިރު ކުރިން - 19:26
ރައީސުލްޖުމްހޫރިއްޔާ އަރިއަތޮޅަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން. ރައްޔިތުންގެ ކަންބޮޑުވުންތައް އަޑު އެއްސެވުމަށް އެމަނިކުފާނު އަންނަނީ ސީދާ ރައްޔިތުންގެ ގާތަށް ވެސް ޒިޔާރަތްކުރައްވަމުން. / ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ އަރިއަތޮޅަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން. ރައްޔިތުންގެ ކަންބޮޑުވުންތައް އަޑު އެއްސެވުމަށް އެމަނިކުފާނު އަންނަނީ ސީދާ ރައްޔިތުންގެ ގާތަށް ވެސް ޒިޔާރަތްކުރައްވަމުން. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

"ރައީސްގެ ޖަވާބު" ސިލްސިލާ އަލުން ފަށާއިރު، ކޮންމެ ރައްޔިތަކަށްވެސް ކޮންމެ ވަގުތެއްގައި "ރައްޔިތުންގެ އަޑު" ޕޯޓަލް މެދުވެރިކޮށް ވީޑިއޯ ސުވާލު ހުށަހެޅުމުގެ ފުރުޞަތު ލިބިގެންދާނެ.

"ރައީސްގެ ޖަވާބު" ސިލްސިލާ އަލުން ފަށައި، ރައްޔިތުންނަށް ވީޑިއޯ މެދުވެރިކޮށް ސުވާލު ހުށަހެޅުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފިއެވެ.

މި ސިލްސިލާގެ ދަށުން ރައްޔިތުން ހުށަހަޅާ ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސީދާ ޖަވާބުދެއްވާނެއެވެ.

ރައީސް އޮފީހުން ބުނީ ވީޑިއޯ މެދުވެރިކޮށް ސުވާލު ހުށަހަޅަން ބޭނުންވާ ރައްޔިތުން، އެ އޮފީހުގެ "ރައްޔިތުންގެ އަޑު" ޕޯޓަލް މެދުވެރިކޮށް ސުވާލު ހުށަހެޅޭނެ ކަމަށެވެ. އެ ޕޯޓަލަށް ވަދެވޭނީ https://citizensvoice.gov.mv ލިންކް މެދުވެރިކޮށް ނުވަތަ ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށެވެ.

"ރައީސްގެ ޖަވާބު" ސިލްސިލާ ފުރަތަމަ ފެށީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އޭރު ސުވާލުތައް ނަގަމުން ދިޔައީ ރައީސް އޮފީހުގެ މީޑިއާ ޓީމަކުން ރައްޔިތުންނާ ބައްދަލުކޮށްގެންނެވެ. ނަމަވެސް އެގޮތަށް ކުރިއަށް ގެންދިއުމުން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގެ ރައްޔިތުންނަށް ހަމަހަމަ ފުރުޞަތު ނުލިބޭތީ، އޮންލައިން ޕޯޓަލްއެއް ތައްޔާރުކުރަންދެން އެ ސިލްސިލާ ވަގުތީގޮތުން މެދުކަނޑާލީއެވެ.

"ރައީސްގެ ޖަވާބު" ސިލްސިލާ އަލުން ފަށާއިރު، ކޮންމެ ރައްޔިތަކަށްވެސް ކޮންމެ ވަގުތެއްގައި "ރައްޔިތުންގެ އަޑު" ޕޯޓަލް މެދުވެރިކޮށް ވީޑިއޯ ސުވާލު ހުށަހެޅުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މިއީ ރައްޔިތުންނަށް ސީދާ ރައީސްއާ ގުޅުން ބަދަހިކޮށް، ޤައުމުގެ ކަންކަމާ ގުޅޭގޮތުން ސުވާލުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް އަޅާ މުހިންމު ފިޔަވަޅެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%