އެމެރިކާ އާއި ޔުކްރޭނުން މިއަދު މިނެރަލްސް ޑީލެއް ހަދަން އެއްބަސްވެއްޖެ

ޖަވާދު | 16 ދުވަސް ކުރިން - 12:55
ފޮޓޯ: ބްލޫމްބާރގް.
ފޮޓޯ: ބްލޫމްބާރގް.
ޚުލާސާ

އެމެރިކާއިން މި މިނަރަލްތައް ބޭނުންކުރާނީ އިލެކްޓްރިކް ވެހިކަލްތަކުގެ ބެޓެރީ އުފެއްދުމަށާއި، ހަތިޔާރު އަދި އެހެނިހެން ޓެކްނޮލޮޖީ އުފެއްދުމަށް. ޔޫރަޕުން މިކަމާއި ކަންބޮޑުވޭ.

ޔުކްރެއިނާއި އެމެރިކާއާއި ދެމެދު މިނަރަލްތަކާއި ގުޅޭ މުހިންމު އެއްބަސްވުމެއްގައި ސޮއިކުރުމަށް އެއްބަސްވެއްޖެ ކަމަށް ޔުކްރޭނުން ބުނެފިއެވެ.

އެއްބަސްވުމުގެ މައިގަނޑު ބައިތަކުގެ ތެރޭގައި، ޔުކްރޭނުގެ ކްރިޓިކަލް މިނަރަލްތަކާއި އެހެނިހެން ވަސީލަތްތައް އެމެރިކާއަށް ބޭނުން ކުރެވޭނެއެވެ.

އެމެރިކާއިން މި މިނަރަލްތައް ބޭނުންކުރާނީ އިލެކްޓްރިކް ވެހިކަލްތަކުގެ ބެޓެރީ އުފެއްދުމަށާއި، ހަތިޔާރު އަދި އެހެނިހެން ޓެކްނޮލޮޖީ އުފެއްދުމަށެވެ.

މިއީ ޔުކްރޭނުން އެމެރިކާއަށް ދަރާފައިވާ 500 ބިލިއަން ޑޮލަރުގެ ބަދަލުގައެވެ.

މި އެއްބަސްވުމުގެ ދަށުން ދެ ގައުމު ގުޅިގެން ފަންޑެއް އުފައްދައި، ޔުކްރެއިންގެ އިންފްރާސްޓްރަކްޗަރ އާރާސްތުކުރުމަށް ބޭނުންކުރާނެ ކަމަށާއި، ޔުކްރެއިންގެ މިނަރަލްތަކަށް އެމެރިކާއަށް ވަކި މިންވަރެއްގެ އެކްސެސް ލިބޭނެ ކަމަށް ވެއެވެ.

ޔުކްރެއިންގައި ހުރި މުހިންމު މިނަރަލްތައް:

- ގްރެފައިޓް: 19 މިލިއަން ޓަނުގެ ރިޒާވް

- ލިތިއަމް: ޔޫރަޕްގެ 1/3 ބައި

- ޓައިޓޭނިއަމް: ދުނިޔޭގެ 7% އުފައްދާ

- ރެއަރ އަރތް މެޓަލްސް: 17 އެލެމެންޓް ހިމެނޭ

- ކާބަން، ގޭސް، ތެޔޮ އަދި ޔުރޭނިއަމްގެ ބޮޑެތި ރިޒާވްތައް

މި އެއްބަސްވުމަކީ އެމެރިކާއަށް ބޮޑު ފައިދާއެއް ލިބޭނެ ކަމަށް ވާއިރު، ޔޫރަޕްގެ ބައެއް ގައުމުތަކުން މިކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%