އޭސީސީން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑް ކޮށްފި

ހުސައިން އިސްމާއިލް | 14 ދުވަސް ކުރިން - 12:02
ސުޢޫދު އާއި މަހާޒް (މ) އަދި އަޒްމިރާލްދާ: މި 3 ފަނޑިޔާރުން ވަނީ އޭސީސީން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ސަސްޕެންޑް ކޮށްފައި.
ސުޢޫދު އާއި މަހާޒް (މ) އަދި އަޒްމިރާލްދާ: މި 3 ފަނޑިޔާރުން ވަނީ އޭސީސީން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ސަސްޕެންޑް ކޮށްފައި.
ޚުލާސާ

ސަސްޕެންޑް ކުރި ފަނޑިޔާރުންނަކީ ހުސްނުއްސުޢޫދު، މަހާޒު ޢަލީ ޒާހިރު އަދި ޑރ. އަޒްމިރާލްދާ ޒާހިރު. މިކަމާއި ގުޅިގން މިއަދު އޮތް “ގޮނޑި” މައްސަލައިގެ އަޑުއެހުން ކެންސަލް ކޮށްފި.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ވަގުތީގޮތުން ގޭގައި މަޑުކުރުމަށް އަންގައިފިއެވެ.

ސަސްޕެންޑް ކުރި ފަނޑިޔާރުންނަކީ:

- ހުސްނުއްސުޢޫދު

- މަހާޒު ޢަލީ ޒާހިރު

- ޑރ. އަޒްމިރާލްދާ ޒާހިރު

ޖޭއެސްސީން މި ނިންމުން ނިންމާފައިވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް އަދި ނޭނގެއެވެ.

މި ފަނޑިޔާރުން ސަސްޕެންޑް ކުރުމާއި ގުޅިގެން މިއަދު 11 ޖަހާއިރަށް ސުޕްރީމް ކޯޓުގައި ތާވަލު ކޮށްފައި އޮތް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑިއާއި ގުޅޭ މައްސަލައިގެ އަޑުއެހުން ވަނީ ކެންސަލް ކޮށްފައެވެ.

ތިން ފަނޑޔާރުން ސަސްޕެންޑް ކުރީ، ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމުގެ ބިލު ފާސްކުރިތާ މާގިނަ އިރެއް ނުވަނީސް ކަން ފާހަގަ ކުރެވެއެވެ.

އަޒްމިރާލްދާ ޒާހިރަކީ މީގެ ކުރިން ވެސް ލޯ ރިފޯމް ކޮމިޝަނުގައި ހުންނެވިއިރު އެތަނަށް ފަރުނީޗަރުތަކެއް ހޯދި މައްސަލައިގައި ކޮރަޕްޝަނުގެ ތުހުމަތު ކުރެވުނު ފަރާތެކެވެ. ނަމަވެސް، އެ މައްސަލަ އޮތީ “ގެއްލިފައެވެ”.

ހުސްނުއްސުޢޫދަކީ އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށް ގިނަބަޔަކު ސިފަ ކުރެއެވެ. އަދި ސުޢޫދާއި މަހާޒަށް ވެސް ކޮރަޕްޝަނާއި ގުޅޭ ތުހުމަތުތަކެއް ކުރެވެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު މަދުކުރަން ހުށަހެޅި ބިލު ފާސްކުރެވުނީ 68 މެންބަރުންގެ ވޯޓުންނެވެ. މި ބިލުގެ ދަށުން ސުޕްރީމް ކޯޓު އެކުލެވިގެންވާނީ އުއްތަމަ ފަނޑިޔާރާއެކު ޖުމްލަ 5 ފަނޑިޔާރުންގެ މައްޗަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%