އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ޗެލްސީން ސައުތެމްޓަން 4-0 އިން ބަލިކޮށް، ލީގު ތާވަލުގެ ހަތަރުވަނަ އަށް އަރައިފައެވެ. ސްޓޭމްފޯޑް ބްރިޖުގައި ކުޅުނު މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ޗެލްސީ ވަނީ 27 މެޗުން 46 ޕޮއިންޓް ހޯދައި، ކުރިން ހަތަރުވަނައިގައި އޮތް މެންޗެސްޓަރ ސިޓީ ފަހަތަށް ޖައްސާލައިފައެވެ.
މެންޗެސްޓަރ ސިޓީ މިހާރު އޮތީ ފަސްވަނައިގައި 26 މެޗުން 44 ޕޮއިންޓާ އެކުގައެވެ.
ޗެލްސީގެ ގޯލްތަކުގެ ވާހަކަ ދައްކާލާއިރު، ފުރަތަމަ ހާފުގައި ކްރިސްޓޮފަރ އެންކުންކޫ، ޕެޑްރޯ ނެޓޯ އަދި ލީވައި ކޯލްވިލް ވަނީ ގޯލު ޖަހައިފައެވެ. ދެވަނަ ހާފުގައި މާކް ކުކުރެއްލާ ވަނީ ޗެލްސީގެ ހަތަރުވަނަ ގޯލު ޖަހައިދީފައެވެ. މި މޮޅު ކުޅުމާއެކު ޗެލްސީއަށް ވަނީ ޗެމްޕިއަންސް ލީގު ޖާގައެއް ހޯދުމުގެ ފުރުޞަތު އިތުރުވެފައެވެ.
ރޭ ކުޅުނު އެހެނިހެން މެޗުތަކުގެ ނަތީޖާތަކަށް ބަލާއިރު، ކްރިސްޓަލް ޕެލަސް އިން ވަނީ 4-1 އިން އެސްޓަން ވިލާ ބަލިކޮށްފައެވެ. ބްރައިޓަން އިން 2-1 އިން ބޯންމައުތުގެ މައްޗަށް ކުރިހޯދިއިރު، ވުލްވްސް އަތުން ފުލަމް މޮޅުވީ 2-1 އިންނެވެ.
ޓޮޓެންހަމް އާއި ދެކޮޅަށް މިރޭ ކުޅެ ސިޓީ މޮޅުވެއްޖެނަމަ އެޓީމު ޗެލްސީ އޮތް މަޤާމަށް ދެވޭނެއެވެ.