ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑާއި ދެމެދު ކުޅުނު ކޯޕާ ޑެލް ރޭ 2024/25 ގެ ސެމީ ފައިނަލްގެ މެޗު 4-4 އިން އެއްވަރުވެއްޖެއެވެ. އެސްޓަޑި އޮލިމްޕިކް ލުއިސް ކޮމްޕަނީސްގައި ކުޅުނު މި މެޗަކީ ގޯލްތަކުގެ ފެސްޓިވަލަކަށް ވެގެން ދިޔައެވެ.
މެޗު ފެށިގެން 1 މިނެޓު ވެސް ނުވަނީސް އެތުލެޓިކޯ މެޑްރިޑްގެ ޖޫލިއަން އަލްވަރޭޒް ވަނީ ލަނޑެއް ޖަހައިފައެވެ. އޭގެ 4 މިނެޓު ފަހުން އެންޓޮއިން ގްރީޒްމަން ވަނީ އެ ޓީމަށް ދެވަނަ ލަނޑު ޖަހައިފައެވެ.
ބާސެލޯނާގެ ފުރަތަމަ ލަނޑު ޖެހީ ޕެޑްރީއެވެ. އޭގެ ފަހުން ޕައު ކުބާސީ އަދި އިނީގޯ މާޓިނޭޒް ވަނީ އިތުރު ދެ ލަނޑު ޖަހައި ބާސެލޯނާ އަށް ލީޑު ނަގައިދީފައެވެ.. ދެވަނަ ހާފުގައި ރޮބަޓް ލެވަންޑޮވްސްކީ ވަނީ ބާސެލޯނާގެ ހަތަރުވަނަ ލަނޑު ޖަހައިފައެވެ.
އެހެންނަމަވެސް އެޓްލެޓިކޯ މެޑްރިޑް ވަނީ މެޗުގެ ފަހު މިނެޓުތަކުގައި ވަރަށް މޮޅަށް ކުޅެފައެވެ. މާކޯސް ލޮރެންޓޭ އަދި އެލެކްސަންޑަރ ސޯލޮތް ވަނީ ލަނޑުތައް ޖަހައި މެޗު އެއްވަރު ކޮށްދީފައެވެ.
މި ނަތީޖާއާއެކު ދެ ޓީމުގެ ދެވަނަ ލެގު ވަރަށް ބޮޑަށް ވާދަވެރިވާނެއެވެ. ދެވަނަ ލެގު ކުޅޭނީ އޭޕްރީލް މަހުގައެވެ.