ސެމީގައި މިރޭ ބާސެލޯނާ އާއި އެތްލެޓިކޯ މެޑްރިޑް

އުސްތާޛް މުޙައްމަދު ޢަލީ | 21 ދުވަސް ކުރިން - 12:51
ސެމީގައި މިރޭ ބާސެލޯނާ އާއި އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށް ނުކުންނައިރު މިއީ މުހިންމު މެޗެއް.
ސެމީގައި މިރޭ ބާސެލޯނާ އާއި އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށް ނުކުންނައިރު މިއީ މުހިންމު މެޗެއް.
ޚުލާސާ

ދެޓީމު ވެސް އޮތީ މިވަގުތު ވަރަށް ރަނގަޅު ފޯމެއްގައި. މިދިޔަ ޑިސެންބަރުގައި އެތްލެޓިކޯއިން ބާސާ ބަލިކުރިޔަސް، މި އަހަރު ބާސާ އަދި ބައްޔެއް ނުވޭ.

ކޮޕާ ޑެލް ރޭގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި މިރޭ ބާސެލޯނާލޯނާ އާއި އެޓްލެޓިކޯ މެޑްރިޑް ބައްދަލުކުރާނެއެވެ. މި މެޗު ކުޅޭނީ މޮންޖުއިކްގައި ހުންނަ އެސްޓަޑިއޯ އޮލިމްޕިކޯ ލުއިސް ކޮމްޕަނީސްގައެވެ.

ބާސެލޯނާ މިވަގުތު ވަނީ ވަރަށް ރަނގަޅު ފޯމެއްގައެވެ. ހާންސީ ފްލިކްގެ ދަށުން ކުޅެމުންދާ ބާސެލޯނާ މިހާރު އޮތީ ލަ ލީގާގެ އެއްވަނައިގައެވެ. މި އަހަރު ކުޅުނު 13 މެޗުން 11 މެޗު ކާމިޔާބުކޮށް 2 މެޗު އެއްވަރުކޮށްފައިވާ ބާސެލޯނާ އަށް މި ސެމީ ފައިނަލް ވަރަށް މުހިންމެވެ.

އެޓްލެޓިކޯ މެޑްރިޑްގެ ހާލަތު ވެސް ރަނގަޅެވެ. ފާއިތުވި 24 މެޗުން އެންމެ މެޗެއް ގެއްލުނު އެޓްލެޓިކޯ އަށް ޑިސެމްބަރު މަހު ބާސެލޯނާ އާއި ދެކޮޅަށް ކާމިޔާބީ ހޯދިފައިވާތީ، މި މެޗުގައި ވެސް ކާމިޔާބީ ހޯދުމުގެ އުންމީދު ބޮޑެވެ.

ބާސެލޯނާގެ ޓީމުގައި ދާނީ އޮލްމޯ، ލެވަންޑޮވްސްކީ އަދި ޕެޑްރީ ފަދަ ތަރިން ހިމެނޭއިރު، އެޓްލެޓިކޯގެ ފަރާތުން ގްރީޒްމަން އަދި އަލްވަރޭޒް އިސްކޮށް ނެރޭނެ ކަމަށް ބެލެވެއެވެ. ނަމަވެސް ކޯކޭ އަދި އަޒްޕިލިކުއެޓާ އަކަށް އިންޖަރީގެ ސަބަބުން ނުކުޅެވޭނެއެވެ.

ދެވަނަ ލެގު ކުޅޭނީ އޭޕްރީލް މަހު މެޓްރޮޕޮލިޓާނޯގައެވެ. މި

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%