ރާއްޖެ ޓީވީގެ ނުރަނގަޅު ލަވަވައިގެ މައްސަލައަށް ޖަވާބުދާރީވުމަށް އިތުރު ވަގުތަށް އެދިއްޖެ

ހުސައިން އިސްމާއިލް | 16 ދުވަސް ކުރިން - 19:40
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުން ކޮމިޝަންގެ ބައްދަލުވުމެއްގައި / ފޮޓޯ: މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން.
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުން ކޮމިޝަންގެ ބައްދަލުވުމެއްގައި / ފޮޓޯ: މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން.
ޚުލާސާ

“ފުނޑިއްޖެ”އޭ ބުނެ ނަފްރަތު އުފެދޭގޮތަށް ފޮނުވި ލަވަޔާއި ގުޅިގެން ޖަވާބުދާރީ ވުމަށް އިތުރު ވަގުތަށް އެދުމަކީ، އެ ޗެނަލުން ކުރި ކަންތައް ރަނގަޅު ނޫންކަން ޤަބޫލުކުރާ ކަމެއް.

ރާއްޖެ ޓީވީން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ރައްޔިތުންގެ މެދުގައި ފިތުނަ އުފެދޭ ގޮތަށް ތައްޔާރުކޮށް ބްރޯޑްކާސްޓްކުރި "ދިވެހިން ހަމަ ފުނޑިއްޖެއޭ…" ލަވައިގެ މައްސަލައަށް ޖަވާބުދާރީވުމަށް އިތުރު ވަގުތު ދިނުމަށް އެ ޗެނަލުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގައި އެދިއްޖެއެވެ.

މި މައްސަލައަކީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާއި ޚިލާފު މައްސަލައެއްގެ ގޮތުގައި ބްރޯޑްކޮމްއިން ފާހަގަކޮށްފައިވާ މައްސަލައެކެވެ. ޚާއްޞަކޮށް ޚަބަރާއި ކަރަންޓް އެފެއާޒް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ބުރަނުވެ، ހަމަހަމަކަމާއެކު ތެދު މަޢުލޫމާތު ގެނެސްދިނުމުގެ ހަމަތަކާއި ޚިލާފު ވެފައި ވާކަން ބްރޯޑްކޮމްއިން ވަނީ ފާހަގަ ކޮށްފައެވެ.

ކުރީގެ ފަނޑިޔާރަކު ވިދާޅުވީ ރާއްޖެޓީވީން މި މައްސަލަ އަށް ޖަވާބުދާރީ ވުމަށް އިތުރު ވަގުތަށް އެދުމަކީ، އެ ޗެނަލުން ކުރި ކަންތައް ރަނގަޅު ނޫންކަން ޤަބޫލުކުރާ ކަމުގެ ނިޝާނެއްގެ ގޮތުގައި ބެލެވޭ ކަމަށެވެ އަދި މިފަދަ ޒިންމާދާރުކަން ކުޑަ ގޮތަކަށް ކޮންޓެންޓް ބްރޯޑްކާސްޓްކުރުމަކީ ޒިންމާދާރު މީޑިއާއެއްގެ ގޮތުގައި ކުރަންޖެހޭނެ ކަމެއް ނޫންކަން ފާހަގަކުރެއްވިއެވެ.

“ބްރޯޑްކޮމްއިން މި މައްސަލަ ބެލުމަށްފަހު އަޅާ ފިޔަވަޅަކީ ރާއްޖޭގެ މީޑިއާ ދާއިރާ އިތުރަށް ޒިންމާދާރު ކުރުވުމަށް އެޅޭ ފިޔަވަޅެއް ކަމަށް އަޅުގަނޑު ޤަބޫލުކުރަނީ. ރައްޔިތުންގެ މެދުގައި ނަފްރަތަށް ހުޅުވޭ ކޮންމެ ދޮރެއް ބަންދު ކުރަން ޖެނޭނެ. މީޑިއައަކުން ކުރި ކަމުގައި ވިޔަސް. އެއީ އަކީ ނޫސްވެރިކަމަށް ހުރަސް އެޅުމެއް ނޫން” ކުރީގެ ފަނޑިޔާރު ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%