ހޯމް މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ މަޖިލިސް ޖަލްސާއަށް އެޖެންޑާކޮށްފި

ހުސައިން އިސްމާއިލް | 17 ދުވަސް ކުރިން - 17:46
ހޯމް މިނިސްޓަރު އަލީ އިހްސާން: އެމަނިކުފާނަށް އިތުބާރު ނެތް ކަމަށް ބުނަނީ ސިޔާސީ މަދު ބަޔަކު.
ހޯމް މިނިސްޓަރު އަލީ އިހްސާން: އެމަނިކުފާނަށް އިތުބާރު ނެތް ކަމަށް ބުނަނީ ސިޔާސީ މަދު ބަޔަކު.
ޚުލާސާ

ހުރިހާ ތުހުމަތުތަކަކީ ވެސް އިދިކޮޅު އެމްޑީޕީން ކުރާ އަސާސެއް ނެތް ސިޔާސީ ތުހުމަތުތަކެއް.

ހޯމް މިނިސްޓަރު އަލީ އިހްސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ. މި މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ އިދިކޮޅު އެމްޑީޕީންނެވެ.

އެމްޑީޕީން ބުނާ ގޮތުގައި އިހްސާން ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރެއް ކޮށްގެން ނުވާނެ ކަންތައްތަކެއް ކުރައްވާފައެވެ.

އެއީ ޑީއެންއާރު ޑޭޓާ ބޭނުންކޮށްގެން ޕީއެންސީއަށް މީހުން ވެއްދުމާއި ބެސްޓިނެޓް މައްސަލައިގައި އަހަރަކު 460 މިލިއަން ރުފިޔާ ދައްކަން ޖެހޭ އެއްބަސްވުމެއްގައި ސޮއިކުރުމާއި ފުލުހުންގެ ތަޙުޤީޤު ތަކަށް ސިޔާސީ ނުފޫޒު ފޯރުވާ ކަމަށް ބުނެއެވެ. ނަމަވެސް މިހުރިހާ ތުހުމަތު ތަކަކީ ވެސް އިދިކޮޅު އެމްޑީޕީން ކުރާ އަސާސެއް ނެތް ސިޔާސީ ތުހުމަތުތަކެކެވެ.

މައްސަލައިގައި ޖަވާބުދާރީ ވުމަށް އިހްސާނަށް އެއް ގަޑިއިރުގެ ވަގުތު ދިނުމަށް ނިންމާފައި ވާއިރު، މައްސަލައަށް ޖުމުލަ ދެ ގަޑިއިރުގެ ވަގުތު ކަނޑައެޅިފައި ވެއެވެ.

އެގޮތުން އެއް ގަޑިއިރު މިނިސްޓަރު އިހްސާންގެ ޖަވާބުދާރީ ވުމަށް ދެއްވާއިރު، އަނެއް ގަޑިއިރު ހާއްސަކޮށްފައި ވަނީ މެންބަރުންގެ ސުވާލުތަކާއި ބަހުސަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%