ސަރުކާރުން މަޝްރޫޢުތައް ހިންގުމަށް ރާވާފައިވަނީ އެންމެ ޚަރަދު ކުޑަކޮށް، އެންމެ ރަނގަޅަށް ކަން ކުރެވޭގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާވިދާޅުވެއްޖެއެވެ.
ނިލަންދެއަތޮޅު ދެކުނުބުރީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު މާއެނބޫދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އެ މަނިކުފާނު ބޭނުންފުޅުވަނީ ރައްޔިތުން އެދޭ ގޮތަށް، ރައްޔިތުން އެދޭ އަމާޒަށް ކަންކަން ކުރައްވާށެވެ.
މާއެނބޫދޫއަށް ވަޑައިގެންނެވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ އެ ރަށު ރައްޔިތުންނާ ބައްދަލުކޮށްލައްވައި، އެ ރަށު ރައްޔިތުންނަށް މިހާރަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ބިންހިއްކުމުގެ މަޝްރޫޢުގެ ޔަޤީންކަން ދެއްވުން ކަމަށް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި އީ.އައި.އޭ ފާސްވުމާއެކު އެރަށު ބިން ހިއްކުމުގެ މަސައްކަތް ފެށޭނެއެވެ.
ރިޔާސީ އިންތިޚާބުގައި ވަޢުދުވެވަޑައިގެންނެވި ގޮތަށް، 30 ހެކްޓަރުގެ ބިން އެރަށުގައި ހިއްކާނެއެވެ. އެއީ ރައްޔިތުން ބޭނުންފުޅުވި ގޮތަށް އޭގެ ތެރެއިން ދެ ހެކްޓަރު ވަކިން، އަދި ވަކި ރަށެއްގެ ގޮތުގައި ހިއްކައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް ވަރަށް ގިނަ ވަޢުދުތަކެއް އެރަށް ވެފައި ވެއެވެ.
މީގެ ކުރީގެ ސަރުކާރުތަކުން ފެނިގެންދަނީ ޕްރޮޖެކްޓުތަކުގައި ބޮޑު ޢަދަދު ޖަހާފައި، ސަރުކާރުން ޚަރަދުކުރި ފައިސާއާއި އެކަށީގެންވާ ގޮތަށް މަސައްކަތް ކުރިޔަށް ނުދާ މަންޒަރު ކަމަށް ރައްޔިތުން ބުނެއެވެ.