ރޭ ހުޅުމާލޭގައި ހުންނަ މޯލްޑިވްސް އިމިގްރޭޝަނުން ހަދާފައިވާ ޑިޓެންޝަން ސެންޓަރުގައި ތިބި ބިދޭސީންތަކެއް ކާނާ ވިހަވުމާ ގުޅިގެން ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.
އިމިގްރޭޝަނުން ބުނީ ކާނާ ވިހަވުމާއި ގުޅިގެން ރޭގެ ވަގުތެއްގައި 17 މީހަކަށް ފަރުވާ ދިންކަމަށެވެ. އަދި ފަހުން ވެސް އިތުރު ދެމީހަކަށް ގަރުވާ ދިން ކަމަށާއި އެއްވެސް މީހެއްގެ ޙާކލު ސީރިއަސް ނުވާ ކަމަށެވެ.
ޖުމްލަ 19 ބިދޭސީންނަށް ފަރުވާ ދިނެވެ. މީގެތެރޭގައި ހިމެނެނީ ތިން އަންހެނަކާއި 16 ފިރިހެނުންނެވެ.
ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ 17 މީހުން ރޭގެ ވަގުތެއްގައި ދޫކޮށްލާފައި ވާއިރު، މިއަދު ހެނދުނު ވަނީ ބާކީ ތިބި މީހުން ހޮސްޕިޓަލުން ދޫކޮށްލާފައި ކަމަށާއި، ކާނާ ވިހަވި މައްސަލަ ބަލަމުންދާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.