ކާނާ ވިހަވެގެން 17 ބިދޭސީންނަށް ފަރުވާދެނީ: އިމިގްރޭޝަން

ހުސައިން އިސްމާއިލް | 18 ދުވަސް ކުރިން - 03:12
ހުޅުމާލެ ހޮސްޕިޓަލް: ކާނާ ވިހަވި ބިދޭސީންތަކަކަށް އެ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުން / ފޮޓޯ: ޚުލާޞާ
ހުޅުމާލެ ހޮސްޕިޓަލް: ކާނާ ވިހަވި ބިދޭސީންތަކަކަށް އެ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުން / ފޮޓޯ: ޚުލާޞާ
ޚުލާސާ

ކާނާ ވިހަވީ ހުޅުމާލޭގައި ހުންނަ އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުގައި ތިބި ބައެއް ބިދޭސީންނަށް. އިމިގްރޭޝަނުން އެންމެ އިސްކަމެއް ދެނީ އެމީހުންނަށް ފަރުވާ ދިނުމަށް.

ހުޅުމާލޭގައި ހުންނަ އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުގައި ތިބި ބައެއް ބިދޭސީން ކާނާ ވިހަވެ، ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް އިމިގްރޭޝަނުން މަޢުލޫމާތު ދީފިއެވެ.

އިމިގްރޭޝަނުން ބުނީ މި ވަގުތު 17 މީހަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި މި ކަމުގައި އަސަރުކޮށްފައިވާ ބިދޭސީންނަށް ވީ އެންމެ އަވަސް ފަރުވާއެއް ފޯރުކޮށްދިނުމަކީ މި ވަގުތު އެންމެ އިސްކަމެއް ދީގެން ކުރެވެމުންދާ ކަމެއް ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އިމިގްރޭޝަނުން މި މައްސަލަ ބަލަމުންދާއިރު، ފުލުހުންގެ ސަމާލުކަމަށް ވެސް މި މައްސަލަ އައިސްފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ. ނަމަވެސް މި ހާދިސާ ހިނގި ގޮތުގެ ތަފްޞީލު އަދި ސާފުވެފައެއް ނުވެއެވެ.

އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުގައި މިހާރު ބައިތިއްބަނީ ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ ތެރެއިން ރާއްޖެއިން ފޮނުވާލާ މީހުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%