ގަވާއިދާއި ޚިލާފާށް އުޅެމުންދިޔަ 5 ބިދޭސީން އިމިގްރޭޝަނުން އަތުލައިގެންފި

އާނާ ފަހީމް | 19 ދުވަސް ކުރިން - 23:03
އިމިގްރޭޝަނުން ގަވާއިދާހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން/ ފޮޓޯ: އިމިްގރޭޝަން
އިމިގްރޭޝަނުން ގަވާއިދާހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން/ ފޮޓޯ: އިމިްގރޭޝަން
ޚުލާސާ

މިއީ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މި ސަރުކާރުގެ ތިން އަހަރުގެ ޕްލޭނުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތްތަކެއް.

އިމިގްރޭޝަނުން ހިންގި ދެ އޮޕަރޭޝަނެއްގައި ޤަވާޢިދާއި ޚިލާފަށް އުޅުނު ފަސް ބިދޭސީން އަތުލައިގަނެފި ކަމަށް އެ އިދާރާއިން ބުނެފިއެވެ.

އިމިގްރޭޝަނުން ބުނީ ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަނެއްގައި ބިދޭސީން ދިރިއުޅޭ ތަނަކާއި ކެފޭއެއް ބަލައި ފާސްކުރިއިރު، ޞައްޙަ ވިސާއެއް ނެތި މަސައްކަތްކުރަމުންދިޔަ ތިން ބިދޭސީން ފެނުނު ކަމަށެވެ.

އިމިގްރޭޝަނުން ބުނީ އަނެއް ދެ ބިދޭސީން ހައްޔަރުކުރީ މިދިޔަ އަންގާރަ ދުވަހުއެވެ. އެ ދެމީހުން ހައްޔަރުކުރީ ގަވާއިދާ ޚިލާފަށް ވިޔަފާރި ހިންގަމުން ދަނިކޮށެވެ.

މި އޮޕަރޭޝަންތަކަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ތިން އަހަރުގެ ޕްލޭނުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތްތަކެކެވެ. ދާޚިލީ ވަޒީރު، ޢަލީ އިޙްސާން ވިދާޅުވެފައިވާ ގޮތުގައި މި މަސައްކަތް ކާމިޔާބު ކަމާއެކު ނިންމާލެވޭނީ 2027 ވަނަ އަހަރުގެ އޭޕްރިލް މަހުގައެވެ.

އިމިގްރޭޝަނުން މިހާރު ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޚާއްޞަ އޮޕަރޭޝަންތައް ހިންގަމުންނެވެ. މީގެ އިތުރުން، މާލޭގެ އާންމު ތަންތަނުގައި އޮފިސަރުން އޮބްޒަވޭޝަން މަސައްކަތްތައް ވެސް މިހާރު ދަނީ ކުރިއަށެވެ. މި މަސައްކަތްތަކަކީ ރާއްޖޭގެ އިމިގްރޭޝަން ނިޒާމު ހަރުދަނާކޮށް، ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%